ހުޅުމާލޭގެ ފިހަރާއަކަށް ބަޔަކު ހަތިޔާރާއެކު ވަދެ، އެތަނަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޭ އިރުއޮއްސުނު ވަގުތު ހުޅުމާލޭގައި ހުންނަ "ޖޫސް ޓައިމް" ނަމަކަށްކިޔާ ފިހާރައަށް މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަދެ ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި އެ ތަނަށް ހަމަލަދޭން މަރުތެޔޮ ފަދަ ތަކެތި ބޭނުންކޮށްފައިވާކަންވެސް ވީޑިއޯއިން ފެނެއެވެ.
އެތަނަށް ހަމަލާ ދީފައި ވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުންނެވެ.
ފުލުހުން ބުނީ ހުޅުމާލެ 'ޖޫސް ޓައިމް' ފިހާރައަށް ބަޔަކު ވަދެ ގެއްލުން ދީފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެތަނަށް ހަމަލާދީން މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
ޖޫސް ޓައިމްއަށް ވަން މީހުން އެތަނަށް ގެއްލުން ދޭން ފެށުމާއެކު، އެ ތަނުގައި ސޭޓަކަށް އިން މީހާ ވަނީ ވަގުތުން އެތަނުން ނުކުމެފައެވެ. އަދި ހަމަލާދިން މީހުން ވަނީ ހަމަލާދިނުމަށްފަހު އެތަނުން ވަގުތުން ފިލާފައެވެ.
ފޭރުމާއި ވައްކަންކުރުން ރާއްޖޭގައި އިތުރުވެފައިވާއިރު ކަމާއިބެހޭ ފަރާތްތަކުން މިކަހަލަ ކަންކަން ހުއްޓުވައި މަދުކުރަން މާބޮޑު މަސައްކަތްތަކެއް ނުކުރާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ބަޑިޖަހާމީހުން ބަޑިޖަހަނީ ވަޅި ހަރާ މީހުން ވަޅި ހަރަނީ ލޫޓުވާ މީހުން ލޫޓުވަނީ. ރޖ އަޒުލު ކުރުން ވާޖިބު pic.twitter.com/cZbQGXanOu
— ރުކުމާ (@RukumaA) February 23, 2023
ފުލުހުން ބުނީ ހުޅުމާލެ 'ޖޫސް ޓައިމް' ފިހާރައަށް ބަޔަކު ވަދެ ގެއްލުން ދީފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެތަނަށް ހަމަލާދީން މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
ޖޫސް ޓައިމްއަށް ވަން މީހުން އެތަނަށް ގެއްލުން ދޭން ފެށުމާއެކު، އެ ތަނުގައި ސޭޓަކަށް އިން މީހާ ވަނީ ވަގުތުން އެތަނުން ނުކުމެފައެވެ. އަދި ހަމަލާދިން މީހުން ވަނީ ހަމަލާދިނުމަށްފަހު އެތަނުން ވަގުތުން ފިލާފައެވެ.
ފޭރުމާއި ވައްކަންކުރުން ރާއްޖޭގައި އިތުރުވެފައިވާއިރު ކަމާއިބެހޭ ފަރާތްތަކުން މިކަހަލަ ކަންކަން ހުއްޓުވައި މަދުކުރަން މާބޮޑު މަސައްކަތްތަކެއް ނުކުރާކަމަށް ގިނަ ބަޔަކު ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު