ރާއްޖޭގެ ކަނޑުތަކުގައި ގައު ހުދުވުމުގެ ހާދިސާތައް ކުރިއަށްއޮތް ދުވަސްތަކުގައި ހިނގާފާނެކަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ލަފާކޮށްފިއެވެ.
މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މިވަގުތު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައްވެސް އޮތީ ގާ ހުދުވުމުގެ ގިންތި ބައިނަލްއަޤުވާމީގޮތުން ގިންތިކުރާ މިންގަނޑުގެ "ނޯ ސްޓްރެސް" ލެވެލްގައެވެ. ނަމަވެސް ކުރިއަށްއޮތް 1 ހަފްތާއާއި 8 ހަފްތާއާދެމެދު މި ލެވެލް "ވޮޗް ލެވެލްއަށް" އަރާނެކަމަށްވެސް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްއިން ލަފާކުރެއެވެ.
މެރިން ރިސާޗު އިންސްޓިޓިއުޓްއިން ބުނީ މި އަހަރު ގާ ހުދުވެފައިވާ ތަންތަން މިހާރުވެސް ފެންނަން ފަށާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާކަމަށެވެ. އަދި ގާ ހުދުވާކަން ފާހަގަވެއްޖެނަމަ، އެކަމަށް ހާއްސަކޮށްގެން އެ އިދާރާއިން ހަދާފައިވާ ގޫގުލް ފޯމާއި ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުމަށްވެސް މެރިން ރިސާޗު އިންސްޓިޓިއުޓްއިން އެދެއެވެ.
މެރިން ރިސާޗު އިންސްޓިޓިއުޓްއިން ބުނީ ކަނޑުފަޅުތަކާއި ފަރުތަކަކީ ސީދާ ގޮތުން ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާކަމަކަށްވާތީ ފަރުތަކުގެ ގާތައް ހުދުވުމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެކަމަށެވެ.
މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވީ މިދުވަސްވަރު ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން 1998 ވަނަ އަހަރަށްފަހު މިފަދަ ކަންކަން ހިނގުން އަވަސްކަން ފާހަގަކުރެވިފައިވާކަމަށެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި ކުރިމަތިވި ގާ ހުދުވުމެވެ.

NOAA predictions indicate we're once more heading into coral bleaching season. We're already getting some reports of observations.
— Maldives Marine Research Institute (@MMRI_Maldives) February 23, 2023
If you observe any bleaching, please let us know via our reporting forms or through SM: https://t.co/mvTmMWMewl pic.twitter.com/aNKApiiEdW
މެރިން ރިސާޗު އިންސްޓިޓިއުޓްއިން ބުނީ ކަނޑުފަޅުތަކާއި ފަރުތަކަކީ ސީދާ ގޮތުން ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާކަމަކަށްވާތީ ފަރުތަކުގެ ގާތައް ހުދުވުމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެކަމަށެވެ.
މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވީ މިދުވަސްވަރު ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން 1998 ވަނަ އަހަރަށްފަހު މިފަދަ ކަންކަން ހިނގުން އަވަސްކަން ފާހަގަކުރެވިފައިވާކަމަށެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި ކުރިމަތިވި ގާ ހުދުވުމެވެ.
ކިޔުންތެރިންގެ ހިޔާލު