މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދާނެ ބަޔަކު ކަނޑައެޅުމަށް އެމްޑީއޭގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ.
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އިން މީގެކުރިން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައެވެ. ނަމަވެސް ޕާޓީގެ ނިންމުން ފަހުން ވަނީ ބައްދަލުކޮށްފައެވެ.
އެމްޑީއޭއިން ރިޔާސީ އިންތިހާބުގައި ވާދަނުކުރުމަށް ނިންމި ހިސާބުން ސަރުކާރުން ހިންގާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއިން ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ދައުވަތު ދީފައެވެ. އެ ދައުވަތު ޤަބޫލުކޮށް އެމްޑީއޭއިން ވަނީ އެ ދެ ޕާޓީއާއެކު ވަކިވަކިން ބައްދަލުވުންތައްވެސް ބާއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކަށްފަހު އެމްޑީއޭއިން ނިންމާ ގޮތެއް ކަނޑައެޅުމަށް އެޕާޓީގެ ގައުމީ މަޖިލިސް މިއަދު ހަވީރު ބާއްވަން ވަނީ ނިންމާފައެވެ. އަދި މި ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:00 ގައި، ސެންޓްރަލް ހޮޓަލުގައިކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކޯލިޝަން ހެދުމާއ މެދު އެމްޑީއޭއިން މިއަދު ގޮތެއް ނިންމާއިރު، އަދާލަތު ޕާޓީން މިހާރު ވަނީ ރައީސް ސާލިހުއަށް ތާއީދުކުރަން ނިންމައިފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއާއި ރައީސް މައުމޫންގެ އެމްއާރުއެމްއިން މިހާތަނަށް އައިއިރު ގޮތެއް ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު