ދުނިޔޭގެ އެންމެ ބޮޑު އެއް އެކްސްޕޯ ކަމަށްވާ ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯ ބައިވެރިވެ އެ ކުންފުނިން ވިއްކާ ޗޮއިސް ބްރޭންޑް މުދަލާއި މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލައިފިއެވެ.
ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ފެބްރުއަރީ މަހުގެ 20 ން 24 އަށް ކުރިޔަށްދާ މި އެކްސްޕޯގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ ސްޓޯލްގައި ޗޮއިސް ބްރޭންޑްގެ ކޮންޑެންސް މިލްކް، ޗޮއިސް ކަޕްނޫޑްލް، ޗޮއިސް ބާސްމަތީ ހަނޑޫ، ޗޮއިސް ސަންފްލާވަރ އާއި ޗޮއިސް ވެޖެޓަބްލް އޮއިލްގެ އިތުރުން މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލާފައިވެއެވެ.
އެކްސްޕޯގައި ބައިވެރިވުމުގެ މަގުސަދަކީ އެސްޓީއޯއާއި މިފްކޯއިން ވިއްކާ ބްރޭންޑްތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތުތައް އިތުރުކުރުން ކަމަށް އެސްޓީއޯއިން ބުނެއެވެ. މި އަހަރުގެ މި ފެއަގައި 125 ގައުމަކުން 5000 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވެއެވެ.
މިއީ މި ފެއަރ ބާއްވާ 28 ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު