މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެރޭ މ.ނިރުފެހިގޭގައި ރޯވި އަލިފާނުގެ ހާދިސާގެ ތަޙްޤީގު ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ.
ފުލުހުން މިއަދު ބުނީ އަލިފާނުގެ ހާދިސާގެ ތަޙްޤީގު ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި މ.ނިރުފެހިގެ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނު ފައިތިލައަކީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހެއްގެ ފައިތިލަކަމަށްވެސް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނީ އެ ފައިތިލަ މިހާރު ވަޅުލާފައިވާކަމަށެވެ.
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ އެގޭ ތިރީގައި ހުރި ގަރާޖުގައެވެ.
މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެންމެންނަކީވެސް ބިދޭސީންނެވެ. މީގެތެރޭގައި ހިމެނެނީ އިންޑިއާގެ 8 މީހުންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 2 މީހުންނެވެ. އެއީ 6 ފިރިހެނުންނާއި 4 އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު