ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޙައްޤުތައް ކުރިއަރުވައި ޙިމާޔަތްކުރުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންއިން އިންތިޒާމުކުރި "ރީޖަނަލް މީޓިންގ އޮން ދަ ޕްރޮޓެކްޝަން އޮފް މައިގްރަންޓްސް އިން ވަލްނަރަބަލް ސިޗުއޭޝަންސް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ހިޖުރަކުރުމާ ގުޅިފައިވާ މައްސަލަތަކުގެ ހައްސާސްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ކޮވިޑް-19ގެ ޢާލަމީވަބާއިން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތްތަކުގައި ބިދޭސީންގެ ބައިވެރިވުން ހިމެނުމަށް ސަރުކާރުން ދިން އަހައްމިއްޔަތުކަން ފާހަގަކުރެއްވި އެވެ. އަދި މުޖުތަމަޢުގައި އެކަކު އަނެކަކު ބަލައިގަތުމާއި ބައިވެރިވުން އިތުރުކުރުމާއި އިހުސާސްތައް ދެނެގަތުން އިތުރު ކުރުމަށްޓަކައި އ.ދ. އާއި މަދަނީ ޖަމިއްޔާތަކުގެ އެހީގައި މީސްމީޑިއާގައި ހިންގުނު ތަފާތު ޕްރޮގްރާމުތައް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ހިޖުރަކުރުމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ގޮތުން އެކުލަވާލާފައިވާ ގްލޯބަލް ކޮމްޕެކްޓް ފޯ ސޭފް، އޯޑާލީ އެންޑް ރެގިއުލަރ މައިގްރޭޝަންގެ 7ވަނަ އޮބްޖެކްޓިވް ޢަމަލީގޮތުން ކުރިއަށް ގެންދިއުމުގައި އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ހޯދިފައިވާ ކުރިއެރުންތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ބޭއްވުނު މިބައްދަލުވުމުގައި މިނސްޓަރ ޝާހިދު ވަނީ ހިޖުރަކުރުމާއި ހިޖުރަވެރިންނާ ގުޅޭގޮތުން ސަރުކާރުން ގެނެސްފައިވާ ޤާނޫނީ އިސްލާހުތައް ފާހަގަކުރައްވާފައެވެ. އެގޮތުން، ބިދޭސީ މަސައްކަތްތެރިން ގެންގުޅުމާ ގުޅޭގޮތުން 2021ވަނަ އަހަރު އެކުލަވާލެވުނު ޤަވައިދާއި މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ފެންވަރު ކަނޑައެޅުމަށް 2021ވަނަ އަހަރު އެކުލަވާލެވުނު ޤަވައިދާއި 2022ވަނަ އަހަރު އެކުލަވާލެވުނު އެމްޕްލޯއިމަންޓް އޭޖެންސީތަކުގެ ޤަވައިދު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ޤާނޫނީގޮތުން އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ދިވެހި ސަރުކާރުން ވެފައިވާ ވަޢުދު ތަކުރާރުކުރައްވާފައެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ޞަރަޙައްދީ އޮފީހުގެ ސީނިއަރ އެޑްވައިޒަރ އޮން މައިގްރޭޝަން އެންޑް ހިއުމަން ރައިޓްސް، ޕިއާ އޮބެރޯއި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް، ޚާއްސަކޮށް ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީން ޤަވައިދުތަކުގެ ތެރެއިން ނިޒާމުގެތެރެއަށް ވެއްދުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތް ފާހަގަކޮށް އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ވަނީ ހިޖުރަކުރުމާ ގުޅޭ ގްލޯބަލް ކޮމްޕެކްޓުގައި ބުނެފައިވާފަދައިން މުޅި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ ސިޔާސަތުގެ އުޞޫލުތައް ބޭނުންކޮށް ދިވެހި ސަރުކާރުން ކޮވިޑް-19ގެ ޢާލަމީވަބާގެ ދުވަސްވަރު ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރީންގެ ޤާނޫނީ ޙާލަތަށް ބެލުމެއް ނެތި، ވެކްސިން ފޯރުކޮށްދިނުމަށް ކުރި މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ހިޖުރަކުރުމާއި ހިޖުރަވެރީންނާ ގުޅޭ ކަންކަމުގައި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް ވެސް އެކަމަނާ މަރުހަބާ ދެންނެވިއެވެ.
މިބައްދަލުވުމުގައި ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި އެމްބަސީތަކުގެ އިސް އޮފިޝަލުންނާއި އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ޞަރަޙައްދީ އޮފީހާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ރާއްޖޭގެ އޮފީހާއި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ އިސް ވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

Minister Shahid reiterates Government’s commitment to promoting and protecting the rights of all migrants in the Maldives
— Ministry of Foreign Affairs 🇲🇻 (@MoFAmv) February 23, 2023
📃 Press Release | https://t.co/l51ydlGBRm pic.twitter.com/iZzQ3Wl4mh
ހިޖުރަކުރުމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ގޮތުން އެކުލަވާލާފައިވާ ގްލޯބަލް ކޮމްޕެކްޓް ފޯ ސޭފް، އޯޑާލީ އެންޑް ރެގިއުލަރ މައިގްރޭޝަންގެ 7ވަނަ އޮބްޖެކްޓިވް ޢަމަލީގޮތުން ކުރިއަށް ގެންދިއުމުގައި އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ހޯދިފައިވާ ކުރިއެރުންތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ބޭއްވުނު މިބައްދަލުވުމުގައި މިނސްޓަރ ޝާހިދު ވަނީ ހިޖުރަކުރުމާއި ހިޖުރަވެރިންނާ ގުޅޭގޮތުން ސަރުކާރުން ގެނެސްފައިވާ ޤާނޫނީ އިސްލާހުތައް ފާހަގަކުރައްވާފައެވެ. އެގޮތުން، ބިދޭސީ މަސައްކަތްތެރިން ގެންގުޅުމާ ގުޅޭގޮތުން 2021ވަނަ އަހަރު އެކުލަވާލެވުނު ޤަވައިދާއި މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ފެންވަރު ކަނޑައެޅުމަށް 2021ވަނަ އަހަރު އެކުލަވާލެވުނު ޤަވައިދާއި 2022ވަނަ އަހަރު އެކުލަވާލެވުނު އެމްޕްލޯއިމަންޓް އޭޖެންސީތަކުގެ ޤަވައިދު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ޤާނޫނީގޮތުން އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ދިވެހި ސަރުކާރުން ވެފައިވާ ވަޢުދު ތަކުރާރުކުރައްވާފައެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ޞަރަޙައްދީ އޮފީހުގެ ސީނިއަރ އެޑްވައިޒަރ އޮން މައިގްރޭޝަން އެންޑް ހިއުމަން ރައިޓްސް، ޕިއާ އޮބެރޯއި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް، ޚާއްސަކޮށް ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީން ޤަވައިދުތަކުގެ ތެރެއިން ނިޒާމުގެތެރެއަށް ވެއްދުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތް ފާހަގަކޮށް އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ވަނީ ހިޖުރަކުރުމާ ގުޅޭ ގްލޯބަލް ކޮމްޕެކްޓުގައި ބުނެފައިވާފަދައިން މުޅި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ ސިޔާސަތުގެ އުޞޫލުތައް ބޭނުންކޮށް ދިވެހި ސަރުކާރުން ކޮވިޑް-19ގެ ޢާލަމީވަބާގެ ދުވަސްވަރު ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރީންގެ ޤާނޫނީ ޙާލަތަށް ބެލުމެއް ނެތި، ވެކްސިން ފޯރުކޮށްދިނުމަށް ކުރި މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ހިޖުރަކުރުމާއި ހިޖުރަވެރީންނާ ގުޅޭ ކަންކަމުގައި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް ވެސް އެކަމަނާ މަރުހަބާ ދެންނެވިއެވެ.
މިބައްދަލުވުމުގައި ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި އެމްބަސީތަކުގެ އިސް އޮފިޝަލުންނާއި އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ޞަރަޙައްދީ އޮފީހާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ރާއްޖޭގެ އޮފީހާއި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ އިސް ވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު