ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް، ޔޫއެންއޯޑީސީން ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައެޅި އައު ސްޕެޝަލް ރެޕްރެޒެންޓޭޓިވް މާކޯ ޓެއިޒެރިއާ އެ ބޭފުޅާގެ މަޤާމުގެ ފަތްކޮޅު ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް، ޔޫއެންއޯޑީސީން ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައެޅި އައު ސްޕެޝަލް ރެޕްރެޒެންޓޭޓިވް މާކޯ ޓެއިޒެރިއާ އެ ބޭފުޅާގެ މަޤާމުގެ ފަތްކޮޅު ޝާހިދަށް އެރުވީ މިކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ފަތްކޮޅު އެރުވުމަށް ބޭއްވި ބައްދަލުވުމުގައި ވަނީ ޔޫއެންއޯޑީސީން ދެކުނު އޭޝިޔާ ސަރަހައްދުގައި، ހާއްސަކޮށް ރާއްޖޭގައި އަދާކުރެވޭނެ ދައުރާއި އަދި މިހާރުވެސް އެހީތެރިކަން ފޯރުކޮށްދޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ކުރެވޭ މަސައްކަތްތައް ވަރުގަދަކުރުމަށްވެސް ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.



މި ބައްދަލުވުމުގައި ޔޫއެންއޯޑީސީން ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައެޅި އައު ސްޕެޝަލް ރެޕްރެޒެންޓޭޓިވް މާކޯ ޓެއިޒެރިއާ ވަނީ އެ އޮފީހުން ދެކުނު އޭޝިޔާ ސަރަހައްދަށް 2023 އިން 2027 އަށް ކަނޑައަޅާ ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލްއާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު