ބޭރު ބައެއްގެ އެހީއާ ނުލައި ދިވެހި ސްޕޭސް މިޝަނުން ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ޓެސްޓްކޮށްފިއެވެ.
7 މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި ސްޕޭސް މިޝަން 'އަޒުމް'ގެ ފަރާތުން މި ސެޓެލައިޓް ތައްޔާރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ފަހުކޮޅުގައެވެ.
މިސެޓެލައިޓްގެ މަސައްކަތުގައި ޙަރަކާތްތެރިވީ ސްޕޭސް ޓީމުގެ އޭރޯސްޕޭސް އިންޖިނިއަރު ހުސެއިން އަސްޢަދު އާއި، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރ މުޙައްމަދު ޖުނައިދުގެ އިތުރުން މެކޭނިކަލް އިންޖިނިއަރު އަޙްމަދު އިޖާޒު ޢަބްދުﷲއެވެ.
މިސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށް ތަރައްޤީކުރާ ސެޓްލައިޓެކެވެ.
މިޓީމުން ފަރުމާކޮށް ތަރައްޤީކުރި މި ސެޓެލައިޓު ކުޑަނަމަވެސް، ފަރުމާކޮށްފައިވަނީ ސެޓެލައިޓްގެ ބޭނުންކުރުމަށް ހަމަޖެހިފައިވާ މިޝަނަކާއި ގުޅޭގޮތަށް ބޮޑުކުރެވޭ ގޮތަށްކަމަށް އެޓީމުން ފާހަގަކުރެއެވެ. އަދި މި މިޝަންގެ ދަށުން އެ ޒުވާނުންވަނީ އޭގެ ހާޑްވެއާވެސް އުފައްދާ ތަރައްޤީކޮށްފައެވެ. އަދި ސެޓެލައިޓް ޕްރޮގްރާމްކޮށް، ޓެސްޓުތައް ނިންމީ އިއްޔެކަމަށް އެ ޓީމުން ނެރުނު ބަޔާނުގައިވެއެވެ.
އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސެސްއިން 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޕޭސް މިޝަން އެކުލަވާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގައެވެ. މިޓީމުން ވަނީ ނެނޯސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަކޮށްފައެވެ.
މިސްޕޭސް މިޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ތަރައްޤީކޮށް ލޯންޗްކުރުމެވެ. މިސެޓެލައިޓް ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު