ސިޔާސީ މައިދާނަށް ނިކުންނެވީ ފިރިކަލުން ގާސިމް އިބްރާހިމަށް ލިބެމުންދިޔަ އަނިޔާއަށް ކެތްނުކުރެވިގެންކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ވާދަކުރައްވާ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ ޑެޕިއުޓީ ލީޑަރުކަމުގެ ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ އެކަމަނާއަކީ އެއްވެސް އިރެއްގައި ސިޔާސީ ދާއިރާއަށް ޝަޢުޤުވެރިކަމެއް ހުރި ބޭފުޅެއް ނޫންކަމަށެވެ. އަދި ސިޔާސީ މައިދާނަށް ނިކުންނަވަން މަޖުބޫރުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކަމަނާގެ ފިރިކަލުންނާއި އާއިލާގެ އެހެން ބޭފުޅުންނަށް ލިބެމުންދިޔަ އަނިޔާއަށް ކެތް ނުކުރެވިގެންކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
"ސިޔާސީ ދާއިރާ އަކީ އަޅުގަނޑު އެއް އިރެއްގައި ވެސް ނުކުންނަން ވިސްނި ދާއިރާއެއް ނޫން. އެހެން ނަމަވެސް އަންހެނަކަށް އުފުލަން ޖެހުނު ތަކުލީފާ ހެދި އަޅުގަނޑުގެ ވިސްނުން މުޅިން ބަދަލުވީ." ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމަށް އިންތިހާބުވެވަޑައިގެންފިނަމަ އެކަމަނާއަކީ ޕާޓީގެ ލީޑަޝިޕްގައި ފިރިހެނުންނާއި އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރާނެ އަންހެނެއްކަން ދައްކައިދެއްވާނެކަމަށެވެ. އަދި އެ ޕާޓީގައި ތިއްބެވި އެހެން އަންހެނުންނަށްވެސް އެހީތެރިވާނެ ބޭފުޅެއްގެ ގޮތުގައި ދެމިހުންނަވާކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ނަހުލާގެ ވާހަކަފުޅުފައި ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިންގުންތެރިކަމާއި އޯގާތެރިކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ތައުރީފް ކުރައްވާފައެވެ.
ޖޭޕީ ކޮންގްރެސް ކުރިއަށްދާނީ މާދަމާއާއި އޭގެ އަނެއް ދުވަހުއެވެ.
ކޮންގްރެސްގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ ޑެޕިއުޓީ ލީޑަރުގެ މަޤާމެވެ. 4 ބޭފުޅުން އިންތިހާބުކުރާ އެ މަޤާމަށް ނަހުލާއާއެކު 12 ބޭފުޅަކު ވާދަކުރައްވައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަޤާމަށް އިތުރު ބޭފުޅަކު ނަން ހުށަހަޅާފައި ނެތުމުން އެ މަޤާމަށް ޕާޓީގެ މިހާރުގެވެސް ލީޑަރު ގާސިމް އިބްރާހިމް ވަނީ ހޮވިފައެވެ.

ކިޔުންތެރިންގެ ހިޔާލު