ބުދަ ދުވަހުގެ ވަގުތެއްގައި އިޒްރޭލު ސިފައިން، ހިފާފައިވާ ހުޅަނގު އައްސޭރީގެ މުސްކުޅި ސަހަރެއް ކަމަށްވާ ނާބްލުސްއަށް ހަތިޔާރާއެކު ވަދެ އެތަކެއް ގަޑިއިރުތަކެއް ވަންދެން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ 11 މީހަކު މަރާލައި ސަތޭކަ އެތައް ބަޔަކު ޒަޚަމްކޮށްލާފައި ވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އިޒްރޭލު ސިފައިން ބުނީ އެމީހުން ހިންގި އޮޕަރޭޝަނަކީ ހުޅަނގު އައްސޭރީގައި ބަޑީގެ ހަމަލާތަކެއް ދިން ހަނގުރާމަވެރި ބަޔަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއްކަމަށާއި އެމީހުން ފިލައިތިބީ ނާބްލުސްގެ ގެއެއްގެ ތެރޭގައި ކަމަށެވެ. މަރާލި މީހުންގެ ތެރޭގައި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ޢަރީނުލްއުސޫދް" އަށް ނިސްބަތްވާ ދެ މީހަކާއި، ފަލަސްތީނުގެ އިސްލާމީ ޖިހާދީ ޙަރަކާތުގެ އެކަކު ހިމެނޭ ކަމަށް އިޒްރޭލު ސިފައިން ބުނެފައިވެއެވެ.
އިޒްރޭލުން ހިންގަމުންދާ މިފަދަ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ފަލަސްތީނުގެ ރައްޔިތުން ވަނީ އިއްޔެ ރާމަاللهގެ މަގުތަކުގައި ހިނގާލުންތައް ބާއްވާފައެވެ.
އިޒްރޭލުގެ މި ހަމަލާއާ ގުޅިގެން ފަލަސްތީނުގެ އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށްވާ އަލްމުބާދަރާ އަލްވަޠަނިއްޔާ އަލްފަލަސްޠީނިއްޔާގެ ޖެނެރަލް ސެކެޓްރީ މުސްތަފާ އަލްބަރްޣޫޘީ ވަނީ، ކުޑަ ފިރިހެން ކުއްޖަކާއި ޢުމުރުން ދުވަސްވީ މީހަކު ހިމެނޭ ގޮތަށް ފަލަސްތީނުގެ ރައްޔިތުންތަކެއް މިފަދަ ގޮތަކަށް މަރާލުމަކީ އިޒްރޭލުގެ އިސްތިއުމާރީ ސަރުކާރުން "އެމެރިކާ ރުހުމާއެކު" ހިންގާ ޖަރީމާތަކުގެ ތެރެއިން ޖަރީމާއެއް ކަމަށް ސިފަކުރައްވާފައެވެ.
އަލްބަރްޣޫޘީ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ފަތުޙު ޖަމާއަތުން ވެރިކަންކުރަމުން އަންނަ "ފަލަސްތީނު ސަރުކާރަކީ އިޒްރޭލުން ހިންގާ ޖަރީމާތަކުގެ ނިވާފަތްގަނޑެއް" ކަމަށެވެ. އަދި"ފަލަސްތީނުގެ ރައްޔިތުންނާ މުއާމަލާތްކުރުމުގައި ބާރުގެ ބޭނުންކުރުން ނޫން ގޮތެއް ނުގެންގުޅޭ" އިޒްރޭލުގެ ސަލާމާތީ ބާރުތަކާއެކު އޮންނަ ގުޅުންތައް ކަނޑާލާއި އެމީހުންނަށް އެއްބާރުލުން ދިނުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ފަލަސްތީނުގެ ސަރުކާރަށް އޭނާ ވަނީ ގޮވާލާފައެވެ.
ނާބްލުސްގައި ހުންނެވި ވެރިކަންކުރާ ފަތުޙުގެ އިންޤިލާބީ މަޖްލީހުގެ މެންބަރު ތައިސީރު ނަޞްރުﷲ ވިދާޅުވި ގޮތުގައި އަނިޔާވެރި ގޮތަކަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ބައިގަނޑު އަންނަނީ އެއްވެސް ޖެހިލުމެއް ނެތި އަދި ސަބަބެއް ދެއްކުމެއް ނެތި ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
ފަލަސްތީނުގެ ބިންތައް ހިސާރުކޮށްގެން އުޅޭ އިޒްރޭލުން މިއަދު ނާބްލުސްގައި ހިންގި ޖަރީމާއަކީ ފަލަސްތީނުގެ ރައްޔިތުންނާއި، ފަލަސްތީނުގެ ބިމާއި، މުޤައްދަސް ތަންތަނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވުމަށާއި އަދި އާރެއްބާރެއް ނެތް ބަޔަކާ ދެކޮޅަށް އިޒްރޭލުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ފަލަސްތީނުން ގޮވާލަމުން އަންނަ ގޮވާލުމުގެ މުހިއްމުކަން ސާބިތުކޮށްދޭ ކަމެއްކަމަށް ފަލަސްތީނުގެ ރިޔާސީ ތަރުޖަމާނު ނަބީލު އަބޫރުދައިނާ ވިދާޅުވިއެވެ. މީގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި، މިފަދަ އުދުވާނީ އަމަލުތައް ނިމުމަކަށް ގެނައުމަށް އެގައުމަށް ފިއްތުންތަން ކުރިމަތިކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާ ސަރުކާރަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.
ފަލަސްތީނުގެ އިސްލާމީ ޖިހާދީ ޙަރަކާތުން ވަނީ ނާބްލުސްގެ ޝަހީދުންގެ ލޭ ބޭކާރު ނުވާނެ ކަމަށާއި، އަނިޔާވެރިންނަށް އެމީހުން ހިންގި މި ޖަރީމާއިން ނެރެން ބޭނުންވީ މަގުސަދު ހާސިލުނުވާނެކަމަށާއި، އަނިޔާވެރިންނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާނުލާނެކަމަށާއި، ކޮންމެ ތާކުން، ކޮންމެ ވަގުތަކު އެބައިމީހުން ދީފާނެ ރައްދު ހަމަލާއަކަށް ދުޝްމަނުން އިންތިޒާރުގައި ތިބެންޖެހޭނެކަމަށް ބުނެފައެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް އިތުރުވަމުންދާ މަންޒަރު ބަލަން އެބަތިބި ކަމަށާއި، އެކަމުގެ ސަބަބުން ކެތްތެރިކަން ކޮޅުންލައިގެން ދާކަމަށްބުނެ ހަމާސްގެ ހަތިޔާރުއެޅި ބައި ކަމަށްވާ ކަތާއިބް ޝަހީދު ޢިއްޒުއްދީން އަލްޤައްސާމް (ކަތާއިބުލްޤައްސާމް ނުވަތަ އަލްޤައްސާމް ބްރިގޭޑްސް) އިން ވަނީ އިޒްރޭލަށް އިންޒާރުދީފައެވެ.
އދ ގެ ސެކެޓްރީ ޖެނެރަލް އަންތޯނިޔޯ ގުޓެރަސް ވަނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިޒްރޭލު މީހުން ވަޒަންވެރިކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި އެ ބިމުގައި އާބާދުކުރާ އިޒްރޭލުގެ އެފަދަ ކޮންމެ އާބާދީއަކީ ސުލްހަޔަށް އެޅޭ ހުރަހެއްކަމަށާއި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެއީ މަނާކަމެއްކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ. އަދި އަނިޔާވެރިކަމުން ނިކުންނާނެ ރަނގަޅު ނަތީޖާއެއް ނޯންނާނެކަމަށާއި އެއްވެސް ކަމަކީ ނިރުބަވެރިކަން ހިންގުން ޞައްޙަކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު