ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމުގެ ހިތާމައިގައި، އެ ޕާޓީން މާދަމާ ބާއްވަން ހަމަޖައްސާފައި އޮތް ހިނގާލުން ފަސްކޮށް، އެ ޕާޓީގެ އިސް ބޭފުޅުންގެ ވަފުދެއް ރިޒާގެ ޖަނާޒާގައި ބައިވެރިވުމަށް މެލޭޝިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޕީޕިއެމުން ބުނެފިއެވެ.
ޕީޕީއެމުން ބުނީ ރިޒާ އަވަހާރަވުމުގެ ހިތާމައިގައި، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ 'ތިޔަހެން ނުވިއްކޭނެ' ހިނގާލުން ފަސްކޮށްފައިވާ ކަމަށެވެ. މި ހިނގާލުން ދެން ބާއްވާނެ ތާރީހެއް އެ ޕާޓީން އަދި ހާމައެެއް ނުކުރެއެވެ.
ޕީޕީއެމުން މާދަމާ މާލޭގައި ބޭއްވުމަށް އިންތިޒާމްކުރި މި ހިނގާލުމަކީ، ތިލަފުށިން ބޭރު މީހުންނަށް ބިން ކުއްޔަށް ދޫކުރުމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ބާއްވަން ނިންމި ހިނގާލުމެއް ކަމަށް އެޕާޓީން ބުނެއެވެ.
ޕީޕިއެމުން ބުނީ ރިޒާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެލޭޝިއާގައި އެ ގައުމުގެ ގަޑިން 9 ޖަހާއިރު ކަމަށެވެ. މި ޖަނާޒާގައި ޕީއެންސީގެ ރައީސް އަބުދުއްރަޙީމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގާއި ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމިނާއި ޕީޕިއެމްގެ ސެނެޓަރު ޒާހިދު ރަމީޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެއެވެ.
ރިޒާ އަވަހާރަވުމާ ގުޅިގެން ރޭ ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އޭނާއަކީ އެ ޕާޓީ އުފެދުނީއްސުރެ ގިނަ އަގު ހުރި ހިދުމަތްތަކެއް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ރިޒާ އަކީ ޑީއާރުޕީއާއި ޕީޕީއެމް އުފެެއްދުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށާއި އޭނާ އަވަހާރަވުމަކީ އެޕާޓީއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު