މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރާކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އަހުމަދު މުހައްމަދު މިހެން ވިދާޅުވީ ޖަލުގައި އަނިޔާކުރާކަމަށް ބުނެ ސޯޝަލް މީޑިއާއާއި ބައެއް ނޫސްތަކުގައި ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ. ޖަލުގައި އަނިޔާ ކުރުމުގެ އިތުރުން، ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރިއަށްދާކަމަ ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.
މިކަންކަމަށް އިޝާރާތް ކުރައްވައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ މާފުށި ޖަލުގެ ޔުނިޓް 11 ގެ ޤައީދީންނަށް އަނިޔާ ކުރަމުންދާކަމަށް ދައުރުވަމުންދާ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއްކަމަށެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ އެ ޔުނިޓްގެ އެއްވެސް ޤައިދީއަކަށް އަނިޔާއެއް ކޮށްފައި ނުވާކަމަށެވެ. އަދި އެ ޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްވެސް ކުރިއަށްނުދާކަމަށް އޭނާ ވިދާޅުވިއެވެ.

މާފުށި ޖަލުގެ ޔުނިޓް 11 ގެ ޤައީދީންނަށް އަނިޔާ ކުރަމުންދާ ކަމަށް ދައުރުވަމުންދާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެވެ. އެ ޔުނިޓްގެ އެއްވެސް ޤައިދީއަކަށް އަނިޔާއެއް ކޮށްފައެއް ނުވޭ އަދި އެޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެ ކުރިއަކަށްނުދޭ.
— Ahmed Mohamed (@ahumadhumohamed) February 23, 2023
ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ އެ ޔުނިޓްގެ އެއްވެސް ޤައިދީއަކަށް އަނިޔާއެއް ކޮށްފައި ނުވާކަމަށެވެ. އަދި އެ ޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްވެސް ކުރިއަށްނުދާކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު