ރިޔާސީ އިންތިޚާބަަށް އިދިކޮޅު ޕީޕިއެމަށް ވަގުތެއް ނެތް ކަމަށާއި އެޕާޓީގެ ހަރަކާތްތައް އަވަހަށް ފަށަންޖެހޭ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފު އުމަރު ރޭ ވިދާޅުވެއްޖެެެއެވެ.
ޕީޕިއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އިންތިޚާބަށް ޕީޕިއެމަށް ވަގުތެއް ނެތް ކަމަށާއި އެޕާޓީގެ ހަރަކާތް އަވަސްކޮށް މަސައްކަތްތައް ބާރުކުރަންޖެހޭ ކަމަށެވެ. އެގޮތުން އިދިކޮޅު ޕީޕިއެމްގެ ކެމްޕޭންގެ ހުރިހާ ކަމެއް ތަރުތީބުކޮށް ނިމިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އެޕާޓީގެ ކެމްޕޭން ޓީމުތައް އުތުރަށް މިއަދު ފުރާގޮތަށް ހަމަޖެހިފައިވާ ކަމަަށެވެ. އަދި އަންނަ ހަފުތާގެ ފަހުކޮޅުގައި އިދިކޮޅު ޕީޕިއެމްގެ ކެމްޕޭން ޓީމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުތައްކުރަން ހަމަޖެހިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެެ. އޭނާ ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕިއެމުން ވާދަކުރަށްވާނީ ރައީސް ޔާމިން ކަމަށާއި އިތުރު ބޭފުޅެއްގެ ނަމެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނާއެކު އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނެ ކަަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހިތުގެ އިއުތިގާދަކީ ހިތުގެ ދުއާ އަކީ އަޅުގަނޑުމެން ބޭނުންވަނީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ކުރިން، އެންމެ ފަހަރަކު ވެސް ރައީސް ޔާމިންގެ ދޫފުޅުން ވިދާޅުވާ ބަހެއްގެ އަޑުއަހާލަން، އެކަމުގެ އުއްމީދުގައި އަޅުގަނޑުމެން މިތިބީ. އެކަމަަކު އަޅުގަނޑުމެން ގަބޫލުކުރަން ވަގުތެއް ނެތް ޕީޕިއެމަކަށް ވެސް. އެހެންވީމަ ހަރަކާތް އެބަ އަވަސްކުރަން މަސައްކަތްތައް އެބަ ބާރުކުރަން." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކުރުމާއި ގުޅިގެން އެމަނިކުފާނު މިވަގުތު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރަށްވަމުންނެވެ. ޔާމިންގެ މައްޗަށް އައި ހުކުމާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތަށް އެމަނިކުފާނަށް ވަނީ ގެއްލިފައެެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިއްޔެ ހައިކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު