ޖުމްހޫރީ ޕާޓީން "ޖޭޕީ މެކުހަށް" ގެ ނަމުގައި ކެމްޕޭން ހަރަކާތްތަކެއް ރޭ ފަށައިފި އެވެ.
މި ހަރަކާތް ފެށުމުގެ ގޮތުން މައްޗަންގޯޅި ސަހަރާ ކައިރީގައި ޖުމުހޫރީ ޕާޓީގެ ޖަގަހަ އެއް ވަނީ ހުޅުވާފައެވެ. މި ހަރަކާތަކީ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ލީޑަރު ކަމަށް ވާދަކުރައްވާ ޓްރާންސްޕޯޓް މިނިސްޓަރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އަށް ތާއީދު ހޯދުމަށް ހިންގާ ކެމްޕޭން ހަރަކާތުގެ ތެރެއިން ހުޅުވި ޖަގަހައެކެެވެ.
ޖުމުހޫރީ ޕާޓީ ނައިބު ލީޑަރު ކަމަށް ނަހުލާ އާއި ހަނަފީގެ އިތުރުން 10 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. ނައިބް ލީޑަރު ކަމަށް އިންތިޚާބުކުރަނީ ފަސް ބޭފުޅުންނެެވެ.
ޖުމުހޫރީ ޕާޓީގެ ކޮންފަރެންސް ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 24 އާއި 25 ގައި ދަރުބާރުގޭގައެވެ. މި ކޮންފަރެންސްގައި ނައިބު ލީޑަރުން އިންތިޚާބު ކުރުމުގެ އިތުރުން، މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ނިންމުންތައް ނިންމާގޮތަށް ވަނީ ހަމަޖެހިފައެވެ.
ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރު، ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ރައީސް، ޒުވާނުންގެ ލީގުގެ ނައިބު ރައީސް، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސް، އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސުން އިންތިހާބުކުރާ 25 މެމްބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެއެވެ.
މި ފަހަރުގެ ކޮންފަރެންސްގައި 900 މެމްބަރުން ބައިވެރިވާނެ ކަމަށް ޖޭޕީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު