ދައުލަތުގެ ބަޖެޓުން މި އަހަރު ހަ ސިޔާސީ ޕާޓީއަކަށް ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީއަށް ހުށަހެޅުމުން ސިޔާސީ ޕާޓީތައް ހިންގުމަށް މިއަހަރުގެ ބަޖެޓުން ކަނޑައެޅި 36 މިލިއަން ރުފިޔާ ހަ ޕާޓީއަކަށް ދޫކުރާ ގޮތަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެ ހަ ޕާޓީ އަކީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ (ޖޭޕީ)، އަދާލަތު ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ އެ ހަ ޕާޓީއަށް ބަޖެޓުން ލިބޭ ފައިސާގެ ތަފްސީލް ވެސް ހާމަކޮށްފައެެވެ.
އެގޮތުން ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށް 14.2 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު އިދިކޮޅު ޕީޕީއެމަށް ދޫކުރަނީ 9.5 މިލިއަން ރުފިޔާއެވެެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް 5.68 މިލިއަން ރުފިޔާ ދޫކުރާއިރު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް 2.59 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިއްމާފައެވެ. އަދި އަދާލަތު ޕާޓީއަށް 2.4 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް 2.43 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަންގައި މިވަގުތު 11 ޕާޓީއެއް ރަޖިސްޓްރީކޮށް ހިންގަމުބްދެއެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ އެ އަހަރަކަށް ލަފާކުރާ ބަޖެޓު މަޖިލީހުން ފާސްކުރާއިރު 10،000 މެންބަރުން ހަމަވެފައިވާ ޕާޓީތަކަށް އެކަންޏެެވެ.

ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅުމުން، ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ބަޖެޓުން ކަނޑައެޅުއްވި 36,896,088.00 ރުފިޔާ 6 ޕާޓީއަކަށް، ދޫކުރާގޮތަށް މިއަދު ކޮމިޝަނުން ނިންމައިފި. pic.twitter.com/xfVR2p7Lkm
— Elections Commission (@ElectionsMv) February 22, 2023
އިލެކްޝަން ކޮމިޝަނުން ވަނީ އެ ހަ ޕާޓީއަށް ބަޖެޓުން ލިބޭ ފައިސާގެ ތަފްސީލް ވެސް ހާމަކޮށްފައެެވެ.
އެގޮތުން ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށް 14.2 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު އިދިކޮޅު ޕީޕީއެމަށް ދޫކުރަނީ 9.5 މިލިއަން ރުފިޔާއެވެެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް 5.68 މިލިއަން ރުފިޔާ ދޫކުރާއިރު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް 2.59 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިއްމާފައެވެ. އަދި އަދާލަތު ޕާޓީއަށް 2.4 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް 2.43 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަންގައި މިވަގުތު 11 ޕާޓީއެއް ރަޖިސްޓްރީކޮށް ހިންގަމުބްދެއެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ އެ އަހަރަކަށް ލަފާކުރާ ބަޖެޓު މަޖިލީހުން ފާސްކުރާއިރު 10،000 މެންބަރުން ހަމަވެފައިވާ ޕާޓީތަކަށް އެކަންޏެެވެ.
ކިޔުންތެރިންގެ ހިޔާލު