ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން މިއަދު ނިންމާފައިވާތީ އެކަމަށްޓަކައި ރައީސް ޞާލިޙް އެ ޕާޓީއަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީން ރައީސް ޞާލިޙަށް ދިނުމާއެކު ރައީސް ވަނީ މިހާރުވެސް ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު ދެއްވާފައެވެ. އެކަމަށް އެދިވަޑައިގެން ރައީސް ޞާލިޙް ފޮނުއްވި ސިޓީއަށް ޖަވާބެއް ދިނުމަށް އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ކޯލިޝަން ހެދުމާއި ގުޅޭގޮތުން އެމްޑީޕީއާއިއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
މަޝްވަރާތަކަށްފަހު މިއަދު އަދާލަތުން ވަނީ ރައީސް ޞާލިޙާއިއެކު ކޯލިޝަން ހަދައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރާނެކަން ހާމަކޮށް އެ ނިންމުން އެގޮތަށް ނިންމި ސަބަބުތައް ވެސް ހާމަކޮށްފައެވެ.
އަދާލަތު ޕާޓީގެ ނިންމުމާއި ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެކުގައި ކުރިއަށްދާން ނިންމާފައިވާތީ އެކަމަށްޓަކައި އަދާލަތު ޕާޓީއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އެންމެން އެކީ ގުޅިގެން ކުރިއަށްދިޔުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަދާލަތުގެ މި ނިންމުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. ފައްޔާޒުވެސް ވަނީ އެ ނިންމުން ނިންމީތީއާއި އަދި ކޯލިޝަންގައި ތިބޭތީ ދިމާވާ ފުރައްސާރައަށް ބެލުމެއްނެތި މިހާތަނަށްވެސް ސަރުކާރާއިއެކު ކޮށްދިން މަސައްކަތަށް އަދާލަތަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު