އިބްރާހިމް ފަހީމް   22 ފެބްރުއަރީ 2023 - 20:1
ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމަށް ޕާޓީތަކުން މަސައްކަތް ފަށާފައިވާ މި ދަނޑިވަޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން މިނިސްޓަރު އައިޝަތު ނަހުލާ އަރިހަށް ޒިޔާރަތެއް ކުރައްވައިފިއެވެ.

ނަހުލާއާ ބައްދަލުކުރައްވަން ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒަށް ވަޑައިގެންނެވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި ރައީސް ޞާލިޙްގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒެވެ.

ނަމަވެސް، މި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް ކަމާ ގުޅުންހުރި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ ބައްދަލުވުމެއް ބާއްވާފައި މިވަނީ، ރައީސް ޞާލިޙްގެ ފަރާތްޕުޅުން ހަމަ އެ ދެބޭފުޅުން ޤާސިމް އިބްރާހީމާއި ވެސް ވަރަށް ފަހުން ބައްދަލު ކުރައްވާފައި ވަނިކޮށެވެ.

އެމްޑީޕީން އިންތިހާބަށް ތައްޔާރު ވަމުންދާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ފާހަގަ ކުރެވިފައިވަނީ މިހާތަނަށް ގިނަ ޕާޓީތަކުގެ ތާއީދު ކަށަވަރު ކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެގޮތުން، އަދާލަތު ޕާޓީއާއި އެމްޑީއޭއިން ވެސް މިހާރުވަނީ ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމިކަން ހާމަ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު