އިންޓަނެޓު މެދުވެރިކޮށް ހިންގާ ހުއްދަ ނޫން އަމަލުތަކަކީ ކުށް ކަމުގައި ކަނޑައެޅުމަށް މަޖިލީހަށް ބިލުތަކެއް ހުށަހަޅައިފިއެވެ.
އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތައް ހުއްޓުުވުމުގެ ގޮތުން ވަނީ 3 ބިލެއް މަޖިލީހަށް މިއަދު ހުށަހަޅާފައެވެ. އެއީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މި ބިލުތަކުގެ ތެރެއިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ އިންޓަނެޓު ހިންގަމުންދާ ބައެއް ކަންކަން ކުށްކަމަށް ކަނޑައަޅާފައެވެ. ކުށްކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުމާއި، ހުއްދަނެތި ކޮމްޕިއުޓާ ޑާޓާއަށް ނުވަތަ ސިސްޓަމަކަށް އިންޓަފިއާވުން، ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުން، ސައިބާވަޔަލަންސްގެ އަމަލުތައް، ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ މައްސަލަތައްވެސް ހިމެނެއެވެ.
މިބިލުގައި އޮންލައިންކޮށް އޮރިޔާން ކާޑު ގެންގުޅުމާއި އާންމު ކުރުމަކީވެސް ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ މިފަދަ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް ދީ، ދައުވާ އުފުލުމުގައި އަމަލު ކުރާނެ އިޖުރާއީ އުސޫލުތައް ބަޔާންކޮށްފައެވެ.
ސައިބަރކްރައިމްގެ ޢަމަލުތައް ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައަޅަފައިވާއިރު، ސައިބަރ ކުށްތައް ހުއްޓުވަން ޚާއްޞަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު