އަހުމަދު މަސްނޫމް   22 ފެބްރުއަރީ 2023 - 14:19
މިއީ ރާއްޖެ ދުށް އެންމެ ކާމިޔާބު 5 އަހަރުކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު މިއަދު ވިދާޅުވީ ގައުމު ބަނގުރޫޓް ވަނީއްޔޭ ކިޔައިގެން ރައްޔިތުންނަށް ބިރުވެރި މަންޒަރު ދައްކާތާ 5 އަހަރުވެއްޖެކަމަށެވެ. ނަމަވެސް މިއީ ރާއްޖެ ދުށް އެންމެ ކާމިޔާބު 5 އަހަރުކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މާލީ ނިޒާމް ހަރުދަނާވެއްޖެކަމަށާއި މާލީ ވަޒީރުގެ ގާބިލްކަން ދެއްކީ އިގްތިސާދީ ހެޔޮ ބަދަލުންކަމަށެވެ. އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަކީ ކުޅަދާނަ ވަޒީރެއްކަމަށްވެސް ސައުދު ވިދާޅުވިއެވެ.



ރާއްޖެ ބަނގުރޫޓްވާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ވިދާޅުވިނަމަވެސް އެފަދަ އެއްވެސް މަންޒަރެއް ރާއްޖެއިން ފެނިފައެއް ނުވެއެވެ.

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބުނާގޮތުން ރާއްޖޭގެ އިޤްތިޞާދު ދަނީ ރަނގަޅު ދުވެއްޔެއްގައި ކުރިއަށެވެ. އަދި މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށާއި ބަނގުރޫޓްވުމުގެ ބިރެއްވެސް ނެތްކަމަށް މާލީ އިދާރާތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު