ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލާއި ގުޅޭގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް އެކޮމިޝަނުން ކަނޑައަޅައިފިއެވެ.

ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލާއި ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅުނީ ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.



މި މައްސަލަ ބަލަން ފެށީ 2021 ޑިސެމްބަރު 13 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު އެ މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.

ޖޭއެސްސީން މިއަދު ވަނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރުމަށްވެސް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު