ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމާއެކު ކޯލިޝަން ހަދައިގެން ކުރިއަށްދިއުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް، ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށާއި ޖުމްހޫރީ ޕާޓީއަށް ގޮވާލާލައިފިއެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް މިކަމަށް ގޮވާލެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުންނެވެ.
ޕީޕީއެމްގެ އިސް މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވޭ މެމްބަރު ތާރިޤް ވިދާޅުވީ ގައުމަށް ރަނގަޅު ގޮތްތައް ހަދައިދޭނެކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ގެންނަން މަސައްކަތްކުރި އެމްޑީޕީގެ މެމްބަރުން މިއަދު ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށެވެ. ތާރިޤް ވިދާޅުވީ ރައީސް ސާލިހަކީ މަޤާމަށް ކުފޫ ހަަމަވާ ބޭފުޅެއް ނޫންކަމަށާއި އިގްތިސާދީ ކަންކަން މެނޭޖް ކުރައްވަން ރައީސް ސާލިހަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ތާރިޤް ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުންވެސް ރައީސް ސާލިހު ނޫން ބޭފުޅަކު ވެރިކަމަށް ގެންނަން މަސައްކަތްކުރަންޖެހޭކަމަށެވެ.
"ރައްޔިތުން ކައިރިން މާފަށް އެދި މި ނޫން ގޮތެއް، އިބޫ ނޫން ގޮތެއް ހޯދުމަށް ޕީޕީއެމާ ބައިވެރިވެގެން މަސައްކަތްކުރަން ގޮވާލަން." ތާރިޤް ވިދާޅުވިއެވެ.
ތާރިގު ވަނީ ޕީޕީއެމުން ކުރާ މަސައްކަތުގައި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީންވެސް ބައިވެރިވާން ގޮވާލާފައެވެ. އަދި އެމްޑީޕީން މިހާތަނަށް ޖުމްހޫރީ ޕާޓީއަށް ދީފައިވަނީ ލަނޑުކަމަށްވެސް ތާރިޤް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށާއި ޖުމްހޫރީ ޕާޓީގެ އިތުރުން ސަން ސިޔާމްގެ އެމްޑީއޭއަށްވެސް ތާރިގް ވަނީ ޕީޕީއެމާ ގުޅިގެން މަސައްކަތްކުރަން ދައުވަތުު ދެއްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުންދާއިރު ރިޔާސީ ކެނޑިޑޭޓް ކަށަވަރުވެފައިވަނީ އެމްޑީޕީން އެކަންޏެވެ. އެއީ ރައީސް ސާލިހުއެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް އަރުވާފައިވީނަމަވެސް އެމަނިކުފާނަށް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ. ޖުމްހޫރީ ޕާޓީއަށް ބަލާއިރު، އެ ޕާޓީން އިންތިހާބުގައި ވާދަކުރުމާއިމެދު ގޮތެއް ނުނިންމައެވެ.
އެމްއެންޕީއާއި އެމްޑީއޭއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް ބުންޏަސް އެއީ އަދި ރިޔާސީ އިންތިހާބުން މާބޮޑު ތާއީދެއް ލިބޭ މިންވަރަށް މެންބަރުން ހިމެނޭ ޕާޓީތަކެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު