މަޝްހޫރު އޮލަޕްލެކްސް ބްރޭންޑުގެ އުފެއްދުންތަކުން އިސްތަށިފައިބާކަމަށް ބުނެ އޮލަޕްލެކްސް ކުންފުންޏާއި ދެކޮޅަށް ދައުވާ ކޮށްފިއެވެ.

އޮލަޕްލެކްސް ބްރޭންޑުގެ އުފެއްދުންތަކުގައި ހިމެނެނީ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށްދޭ ކަމަށް ބުނާ ޝޭމްޕޫއާއި ކޮންޑިޝަނާ ހިމެނޭހެން ހެއަރކެއަރގެ އެކި ޕްރޮޑަކްޓްތަކެވެ.

ހެއަރކެއަރ ޕްރޮޑަކްޓްތަކަށް މަޝްހޫރު އޮލަޕްލެކްސް ކުންފުންޏާއި ދެކޮޅަށް ދައުވާ ކުރަނީ 28 އަންހެނެކެވެ. ދައުވާގައި އޮލަޕްލެކްސް އިން ބޭނުން ކުރާ ގެއްލުން ހުރި ކެމިކަލްތަކުގެ ސަބަބުން އަންހެނުންގެ އިސްތަށިގަނޑާއި ބޮލުގެ އިސްތަށިގަނޑުގެ ހާލަތު ގޯސްވެގެން ދާކަމަށް ފާހަގަކޮށްފައިވެއެވެ.

މިދައުވާ އާއި ގުޅިގެން އޮލަޕްލެކްސް އިން ވަނީ އެކުންފުނީގެ އުފެއްދުންތަކުގެ ޓެސްޓް ނަތީޖާއެއް އާންމުކޮށް އެ އުފެއްދުންތަކަކީ ރައްކާތެރި އުފެއްދުންތަކެއްކަން ހާމަކޮށްފައެވެ.

"މި އަސާސެއް ނެތް ތުހުމަތުތަކާ ދެކޮޅަށް އަޅުގަނޑުމެންގެ ކުންފުންޏާއި ބްރޭންޑާއި އުފެއްދުންތައް ވަރުގަދައަށް ދިފާއު ކުރަން ތައްޔާރަށް މިތިބީ،" އިންސްޓަގްރާމްގައި ނެރުނު ބަޔާނެއްގައި އޮލަޕްލެކްސް ކުންފުނިން ހާމަކޮށްފައިވެއެވެ.

2014 ވަނަ އަހަރު އެމެރިކާގެ ކެލިފޯނިއާގައި ތައާރަފްކުރި އޮލަޕްލެކްސް އިން ބުނާ ގޮތުގައި ޕޭޓެންޓް ކެމިސްޓްރީ ބޭނުންކޮށްގެން އުފައްދާފައިވާ އެކުންފުނީގެ އުފެއްދުންތަކުން ހަލާކުވެފައިވާ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށްދޭކަމަށް ސައިންޓިފިކް ގޮތުން ސާބިތުވެއެވެ. އޮލަޕްލެކްސް ކުންފުނީގެ އުފެއްދުންތަކަށް އެތައް ތަރުހީބެއް ލިބިފައިވާއިރު، ކިމް ކާޑޭޝިއަން އާއި ޑްރޫ ބެރީމޯ ފަދަ މަޝްހޫރު ފަރާތްތަކުން ވަނީ އެކުންފުނީގެ އުފެއްދުންތައް އެންޑޯސްވެސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން