ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދުގެ މަދަހަ އަލްބަމްގެ މަސައްކަތް ނިންމާ ޓްރެއިލަރ ދައްކާލައިފިއެވެ.

ޔުޓިއުބްގައި މިއަދު ރިލީސްކުރި މި ޓްރޭލަރގައިވަނީ އޭގައި ހިމެނޭ ބައެއް މަދަހަތަކުގެ ބައިތައް ހިމަނާފައެވެ. މުޅިން އަމިއްލަ ރާގުގެ 16 މަދަހަ ހިމެނޭ މި އަލްބަމްގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ރަސޫލާގެ ޒަމާނުގައި ބޭނުންކުރި ތާރައިގެ އަޑުތައް ހިމަނާފައިވުމެވެ.

ޒައިދު މީގެކުރިން ވިދާޅުވެފައިވަނީ، މި މަދަހަ އަލްބަމަކީ އިސްލާމީ ހުދޫދުގެ ތެރެއަށް ފެތޭގޮތަށް ތައްޔާރު ކޮށްފައިވާ އަލްބަމެއް ކަމަށެވެ. އަދި މިއީ ކައިވެނި ހަފުލާތަކުގައި ޖެހުމަށް ހާއްސަ، ތާރަ ބޭނުންކޮށްގެން ހަދާފައިވާ ޓްރެކްތަކެއް ހިމެނޭ އަލްބަމެއް ނެރުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރެއްވި މަސައްކަތެއް ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް ޒައިދުގެ އިތުރުން ޝަލަބީ، ކުޑައިއްބެ، ޖަލާލް، ތޭރަވާ އަދިވެސް އިތުރު ބައެއް ފަންނާނުންގެ އަޑު މި އަލްބަމުގައި ހިމާނަފައިވެއެވެ. މިއީ ރާއްޖޭގެ ދީނީ އިލްމުވެރިޔަކު ނެރުއްވާ މިފަދަ ފުރަތަމަ އަލްބަމްކަން ފާހަގަ ކޮށްލެވެއެވެ.

މި އަލްބަމް ރިލީސްކުރަން ނިންމާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން