ބާ ދަގަނޑުގެ ވިޔަފާރިކުރުމަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ މަޝްރޫއުތަކުން ގިނަ އަދަދެއްގެ ބާ ދަގަނޑު ފަދަ ތަކެތި އުކާލައި އެ ފަދަ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް އާއްމުވެފައިވާތީ ބާ ދަގަނޑުގެ ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރަން ނިންމާފައިވާކަމަށެވެ.

އެޗްޑީސީން ބުނީ ބާ ދަގަނޑުގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުންނަހަމަ ގޮތުގައި މަގާއި ދުވާރު ފަދަ ތަންތަން ބޭނުން ކުރަމުން ގެންދާކަން ފާހަގަކުރެވިފަައިވާކަމަށެވެ.

އެޗްޑީސީން ބުނީ ބާ ދަގަނޑުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ކުރު މުއްދަތަކަށް ބިން ދޫކުރުމަށް ނިންމާފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދާއި ދުރުންކަމަށެވެ.

އެޗްޑީސީން ބުނީ މަގު ބަންދުކޮށްގެން ބާ ދަގަނޑުގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު މިއަދުން ފެށިިގެން ފިޔަވަޅު އަޅާނެކަމަށެވެ. އަދިި ވަގަށް ނަގާފައިވާ ދަގަނޑު ވިއްކުން އާއްމުވެ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކޭބަލް ފަދަ ތަކެތި ވަގަށް ނަގައި އޭގެ ވިޔަފާރި ކުރަމުން ދާތީ އެކަން ހުއްޓުވައި އުސޫލެއްގެ ތެރެއިން ވިޔަފާރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މިކަމުގެ މަޤްސަދެއްކަމަށް އެޗްޑީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު