ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދު 14 ދުވަހަށް ސަސްޕެންޑުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ޤާޟީގެ ޙައިޞިއްޔަތުން، ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރަރއަށް ލަފާދީފައިވާކަމަށެވެ. ނަމަވެސް ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ޤާނޫނީ ޙައިޞިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާރ ކަމަށްވާހިނދު ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު ދީފައިވާ ލަފާގެ ސަބަބުން ޤާނޫނާ ޤަވާއިދާ އަދި ފެމެލީ ކޯޓުގައި ޢަމަލުކުރާ ޢުސޫލުތަކާ ޚިލާފަށް ކައިވެންޏެއްކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވާކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނީ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއްކަމަށެވެ. އެހެންކަމުން މުސާރައާއި ޢިނާޔަތްތައް ލިބޭގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު 16 ފެބުރުވަރީ 2023 ވަނަ ދުވަހުން ފެށިގެން 14 ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

News Briefing_16 February 2023: Criminal courtge Gazi Uz. Hassan Saeed 14 dhuvahah suspend kurun
— Judicial Service Commission (@MaldivesJSC) February 16, 2023
Ithuru thafseel: https://t.co/t40rZepwwu
ޖޭއެސްސީން ބުނީ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއްކަމަށެވެ. އެހެންކަމުން މުސާރައާއި ޢިނާޔަތްތައް ލިބޭގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު 16 ފެބުރުވަރީ 2023 ވަނަ ދުވަހުން ފެށިގެން 14 ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު