އަހުމަދު މަސްނޫމް   16 ފެބްރުއަރީ 2023 - 9:48
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކަމާއިބެހޭ ފަރާތްތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މއ.އާހިޔާގުލްސަން ނަމަކަށް ކިޔާ ގޭގެ ސިޑީ ގޮޅީގައިކަމަށެވެ. އަދި މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ 09:30 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ވަނީ މި އަލިފާން ނިއްވާލާފައެވެ. އަދި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު