ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން ދީފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ ރައީސް ޞާލިޙް ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަކީ އެމްޑީޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަގު އެންމެ ފަހި ގޮތަކީ ކޯލިޝަނެއްގެ ތެރެއިން އެކަން ކުރުމުންކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެކަމާގުޅިގެން، ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދިނުމާމެދު ގޮތެއް ނިންމުމަށް މިރޭ ވަނީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ރައީސަށް އެ ބާރު ދިނުމަށް 81 މެންބަރަކު ވަނީ ވޯޓު ދީފައެވެ. އެއާއި ދެކޮޅަށް ވޯޓު ދީފައިވަނީ 4 މެންބަރެކެވެ.
ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދޭން ފާސްކޮށްފައިވާއިރު، އެމަނިކުފާނަށް ރިޔާސީ ޓިކެޓް ރަސްމީކޮށް އެރުވުމަށް ބޮޑު ޖަލްސާއެއް ހޮނިހިރު ދުވަހު ބާއްވާގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު