ބްރ​ޯޑްކާސްޓިން ކޮމިޝަން ހިންގާ ގ. ބިއްލޫރިޖެހިގޭގައި މީދާ ގިނަވުމުގެ ސަބަބުން މީދާ ނައްތާލުމުގެ މަސައްކަތް ކުރުމަށް މިއަންނަ ބުރާސްފަތި ދުވަހު އެ ކޮމިޝަންގެ އޮފީސް ބަންދު ކުރުމަށް ނިންމައިފިއެވެ.

އެ ކޮމިޝަނުން އާންމުކުރި ބަޔާނެއްގައި ބުނީ، ގ. ބިއްލޫރިޖެހި ގޭގެ އިމާރާތުގައި މީދާ ގިނަވެ އެކަމުގެ ސަބަބުން އުނދަގޫތައް ދިމާވެ ކޮމިޝަންގެ މަސައްކަތްތަކަށް ބުރޫއަރަމުންދާ ކަމަށެވެ.

އެހެންކަމުން މިމަހުގެ 16 ވާ ބުރާސްފަތި ދުވަހަކީ ޕެސްޓް ކޮންޓްރޯލްކުރާ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަން ނިންމާފައިވާކަމަށާއި އެހެންކަމުން އެ ދުވަހު އެ ކޮމިޝަނުން އޮފީސް ހުޅުވައިގެންދޭ އެއްވެސް ހިދުމަތެއް އެ ދުވަހު ނުދޭނެކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އެދުވަހު އެއްވެސް ހިދުމަތެއް ބޭނުންވާނަމަ 7983353 ނަންބަރު ފޯނަށް ގުޅައިގެން އެ ހިދުމަތެއް ހޯދުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު