އެސްޓީއޯގެ މުވައްޒަފުންނަށް އިޖުތިމާއީ ދިރިއުޅުމުގައި، އަދި މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން "އެސްޓީއޯ ލިޓްލް ވޮންޑާސް" ގެ ނަމުގައި ޑޭކެއާ އެސިސްޓެންޓް ޕްރޮގްރާމެއް އިފްތިތާހު ކޮށްފިއެވެ.
މިއަދު އެސްޓީއޯގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ، މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރާއި، ޖެނެރަލް މެނޭޖަރ އޮފް ޕީޕަލްސް އޮޕޮރޭޝަންސް މަރިޔަމް ނުޒުލާއެވެ.
މި ޕްރޮގްރާމްގައި މުވައްޒަފުންގެ ތިބޭ 8 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، އެސްޓީއޯއިން ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500ރ އާއި ހަމައަށް އެހީތެރިވެދޭނެއެވެ. އެ ކުންފުނިން ބުނީ ވިސްނުމަކީ ކުންފުނިން ކަނޑައަޅާ ވަކި ފެސިލިޓީތަކެއްގައި ހުރިހާ މުވައްޒަފުން ރަޖިސްޓްރީ ވުމުގެ ބަދަލުގައި، އެ މުވައްޒަފަކު ބޭނުންވާ، އަދި އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރެގިސްޓްރީވުމުގެ އިހްތިޔާރު ދޫކޮއްލުމަށް ކަމަށެވެ.
އެސްޓީއޯއިން ބުނީ، ކުންފުނީގެ މެނޭޖްމަންޓްގެ އިސްނެގުމާއިއެކު ފެށުނު މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސަށް އެހީތެރިވެދިނުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި އެސްޓީއޯއިން ގަސްތުކުރަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކިއެކި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
މިއީ އެސްޓީއޯގެ އެއްވެސް މުވައްޒަފެއް ބާކީ ކުރުމާ ނުލާ، ހުރިހާ މުވައްޒަފުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހުޅުވާލުމުގެ އަމާޒާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމްގައި އެ ކުންފުނީގެ ކޮންމެ މުވައްޒަފަކަށްވެސް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު