ރާއްޖެއަކީ އެއްވެސް ގައުމެއްގެ ދުޝްމަނެއް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޮރިން ސާވިސް އިންސްޓިޓިއުޓް (ފޮސިމް)ގެ އައުޓްރީޗް ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ، ރާއްޖެއަކީ އެއްވެސް ގައުމެއްގެ ދުޝްމަނެއް ނޫން ކަމަށާއި ހައްތަހާ ވެސް ތިބީ ރައްޓެހިން ކަމަށެވެ. ރާއްޖެއާއި އެއްވެސް ރުޅިވެރިކަމެއް އަދި އެއްވެސް ހަމަނުޖެހުމެއް އޮތް އެއްވެސް ގައުމެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ރާއްޖެ އަކީ އެއްވެސް ބައެއްގެ ދުޝްމަނެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އެންމެނާވެސް ރައްޓެހި. ހައްތަހާވެސް އަޅުގަނޑުމެންގެ ރައްޓެހި ގައުމުތައް. ދުނިޔޭގެ ވަރަށް މަދު ގައުމަށް އޮތް ނަސީބެއް އެއްވެސް ގައުމަކާ ދުޝްމަނަކު ނެތި، އަރާރުމެއް ނެތި ރީތިކޮށް އުޅުން." އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ ލީޑަރެއްގެ ގޮތުގައި ގައުމުތަކުން ރާއްޖެ ބަލައިގަތުމަކީ ލިބޭ އެންމެ ބޮޑު ފަހުރު ކަމަށެވެ. އިންޑިއާ ކަނޑުގެ ގައުމުތަކާއިމެދު ރާއްޖެއިން ބާއްވަނީ އާދަޔާ ޚިލާފު ގުޅުމެެއްކަން ޝާހިދު ވަނީ ފާހަގަކުރަށްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިޔާ ކަނޑުގެ ހިތަކީ ރާއްޖެ ކަމަށެވެ. އެ ހިތުގައި ވިންދު ޖަހަމުން ގެންދަނީ ސުލްހައިގެ ވިންދު ކަމަށް ޝާހިދު ވިދާޅުވި އެވެ.
ފޮސިމްއަކީ ޚާރިޖީ ދާއިރާގެ ސިޔާސަތުތައް ދިރާސާކޮށް ޚާރިޖިއްޔާއަށް ބޭނުންވާނެ ޚާއްސަ ތަމްރީންދޭ މަރުކަޒެވެ. އެގޮތުން އިލްމީ ގޮތުންނާއި ރާއްޖެއަށް މުހިއްމު ޚާރިޖީ ސިޔާސަތުތައް ހެއްކާއި ޤަރީނާގެ އެހީގައި މުރާޖަޢާކޮށް ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެހީތެރިވެދިނުމަކީ މި އިންސްޓިޓިއުޓްގެ އެއް މަޤްޞަދު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު