ވީނުވީއެއް ނޭނގި ގެއްލިފައިވާ ދެމީހެއްގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށައަޅައިފިއެވެ.
އެމައްސަލަ 241 ކޮމެޓީ އަށް ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފެެވެ. އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މިމަހުގެ 1 ވަނަ ދުވަހު ގެއްލިފައިވާ އއ.މަތިވެރި ހަސަން އަލީ އާއި މިމަހުގެ 4 ވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ މުހައްމަދު އާސިރާއި ބެހޭ އެއްވެސް ޚަބަރެއް ވެފައިނުވާ ކަމަށެވެ.
މުހައްމަދު އާސިރު އިސްމާއިލް އެންމެ ފަހުން ފެނުނު ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ އެކި ޑިޕާޓްމަންޓްގެ ސީސީޓީވީ ފުޓޭޖް މިހާތަނަށް ފުލުހުން ހޯދާފައިނުވާ ކަމަށް އޭނާގެ އާއިލާ އާއި ހަވާލާދީ އެމައްސަލައިގައި ބުނެފައިވެއެވެ. އަދި އެފަދަ ސީރިއަސް މައްސަލަތައް ތަހުގީގު ކުރުމުގައި ޚާއްސަކޮށް މީހެއްގެ ފުރާނާ ސަލާމަތް ކުރުމަށްޓަކައި ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭ ކަމަށާއި ނިޒާމުގެ ތެރެއިން ލިބެން ހުންނަ ހެއްކާ ގަރީނާ ހޯދުމުގައި ސަރުކާރުން އަމަލު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށް އާސިރުގެ އާއިލާ އާއި ހަވާލާދީ އެމައްސަލައިގައި ބުނެފައިވެއެވެ.
މީގެ އިތުރުން އާދަމް ޝަރީފްގެ މައްސަލައިގައި ބުނީ ދިރިހުރުމުގެ ހައްގަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބޭ އަސާސީ ހައްގަކަށްވާއިރު ވީ ނުވީއެެއް ނޭގި ގެއްލެމުންދާ ދިވެހިންގެ މައްސަލަތައް ގިނަވެ އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ކަންބޮޑުވުން އިތުރުވެފައިވާ ކަމަށެވެ.
"ވީމާ މުހައްމަދު އާސިރު އިސްމާއިލާއި ހަސަން އަލީ ވީނުވީއެއް ނޭގި ގެއްލިފައިވާ މައްސަލައިގައި ސަރުކާރުން އެ ފަރާތްތައް ހޯދަން ކުރަށްވާފައިވާ މަސައްކަތްތަކާއި ލިބިފައިވާ ކުރިއެރުންތައް އަދި ކުރިމަތިވަމުންދާ ގޮންޖެހުންތައް މަޖިލީހުގެ 241 ކޮމެޓީ މެދުވެރިކޮށް ބައްލަވައި ދެއްވުން އެދެމެވެ،" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައިގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު