އަހުމަދު މަސްނޫމް   15 ފެބްރުއަރީ 2023 - 11:15
ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ތާވަލާއި އެއްގޮތަށް ބާރަށް ކުރިއަށްދާކަމަށް އެމްޓިސީސީން ހާމަކޮށްފިއެވެ.

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ސަރުކާރުން ހަވާކުކޮށްފައިވަނީ އެމްޓިސީސީއާއެވެ.

އެމްޓިސީސީން ބުނީ ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 20 އިންސައްތަ ފުރިހަމަ ކުރެވިފައިކަމަށެވެ. އަދި، ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ވަނީ 27 އިންސައްތަ ފުރިހަމަ ކުރެވިފައިކަމަށްވެސް އެމްޓީސީސީން ބުނެއެވެ.



އެމްޓިސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މި މަޝްރޫޢަކީ 27.2 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓިސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު