ތުރުކީވިލާތަށާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް 2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ތުރުކީވިލާތަށާއި ސޫރިޔާއަށް އައި މިބިންހެލުންތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 33000 އިން މައްޗަށް އަރާފައެވެ. އަދި އެތައްބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.
ތުރުކީއާއި ސޫރިޔާއަށް އެހީވުމަށް އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީން ވަނީ 200 މިލިޔަން ސްވިސް ފްރެންކްސް އިމަރޖެންސީ އެހީގެ އިލްތިމާސެއްކޮށްފައެވެ.
މިއިލްތިމާސްއާ ގުޅިގެން ދިވެހި ރެޑް ކްރެސެންޓުން ތުރުކީވިލާތަށާއި ސޫރިޔާގައި ހާލުގައި ޖެހިފައިތިބީ މީހުންނަށް އެހީވުމަށް ފައިސާ ޖަމާކުރާނެ ފަންޑެއް ހުޅުވާފައިވާއިރު މިފަންޑަށް މިހާތަނަށް 2،659،507.45 ރުފިޔާ ލިބިފައިވާކަމަށް ދިިވެހި ރެޑްކްރެސެންޓުން ބުނެއެވެ.
ތުރުކީއާއި ސީރިޔާއަށް އެހީވުމަށް ދުނިޔޭގެ އެކި ޤައުމުތަކުން މިހާރު ދަނީ ތުރުކީވިލާތާއި ސޫރިޔާއަށް އެހީ ފޮނުވަމުންނެވެ.
ދިވެހި ސަރުކާރުންވެސް ވަނީ އެ ދެޤައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ނިންމަވާފައެވެ. މަސްދަޅުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ސޫރިއާއަށް 5 ލައްކަ އަދި ތުރުކީއަށް 5 ލައްކަ މަސްދަޅު ކޭހެވެ.

ކިޔުންތެރިންގެ ހިޔާލު