އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިން ލަފާކުރި ތާރީހަށްވުރެ އަވަހަށް ނިމޭނެކަމަށް ޕްލޭނިންގ މިނިސްްޓްރީން ވިދާޅުވެއްޖެއެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތެރެއިން ރޭގައި ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށްޓަވާފައެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ކުރިން ލަފާކުރީ އަމީނީ މަގު ހެދުމުގެ މަސައްކަތް ސެޕްޓެމްބަރުމަހަށް ނިންމާލެވޭނެކަމަށެވެ. ނަމަވެސް މިހާރު މަސައްކަތުގެ ސްޕީޑަށް ބަލާއިރު ޖޫންމަހަށް މަސައްކަތް ނިންމާލެވޭނެކަމަށް އަކްރަމް ވިދާޅުވިއެވެ.
އަމީނީ މަގުގައި ތާރުއަޅަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހުކުރު ދުވަހު އެމްޓީސީސީން މަސައްކަތް ވަނީ ފަށާފައެވެ. ފުރަތަމަ 3 ސެގްމަންޓަކީ 350މީޓަރުގެ މަގުގެ ސަރަޙައްދެވެ. މި މަސައްކަތުގައި 2511 އަކަމީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާނެކަމަށް އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ރަމްޒީ ވިދާޅުވިއެވެ.
އެމްޓިސީސީން ބުނީ ހުކުރު ދުވަހާއި ހަމައަށް، މަގުގެ ތާރު އެޅުމާއި ގުޅޭ ހުރިހާ މަސައްކަތެއް ނިމޭނެކަމަށެވެ.
މާލޭގެ އެންމެ މައި ދެ މަގުގެ ތެރޭގައި ހިމޭނޭ އަމީނީ މަގު، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީންނެވެ. އެގޮތުން މިހާރު އެ ކުންފުނިން ކުރަމުން އަންނަނީ މަގުގެ 4ވަނަ ސެގްމަންޓްގެ މަސައްކަތެވެ.
މުޅި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ، 13 ސެގްމަންޓަކަށް ބަހާލައިގެނެވެ. އާރްޑީސީން މަޢުލޫމާތު ދިން ގޮތުގައި މަގުގެ ބާކީ ސަރަޙައްދުތަކުގައި ތާރު އަޅާނީ އެ ކުންފުނިންނެވެ.

ކިޔުންތެރިންގެ ހިޔާލު