މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތުގެ ބައެއް ހަމަޖެހިފައިވާ ކަމަަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ދައުލަތުގެ މީޑިޔާގައި މިރޭ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް އަޑުގެ އިމާރާތް ހަމަޖައްސައި މި މަހު އެތަން ދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމުން ދީފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ ނިޔަލަށް އަޑުގެ އޭ ބްލޮކް އިމާރާތް އިންތިޚާބާއި ބެހޭ މަސައްކަތަށް ހަމަޖެހޭނެކަމުގެ ޔަގީންކަން ރައީސް އޮފީހުން ވެސް އެ ކޮމިޝަނަށް ދީފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ އަޑުގެ އިމާރަތަކީ ވަރަށް ބޮޑަށް ބާވެފައި ހުރި އިމާރާތެއް ކަމަށާއި އެ އިމާރަތް ބޭނުންކުރެވޭނީ މަރާމާތަށްފަހު ބައެއް ބަދަލުތައް އެ އިމާރަތަށް ގެނައުމަށްފަހު ކަމަށެވެ. އަދި އަންނަ މެއި މަހުގެ 02 ވަނަ ދުވަހު އިންތިޚާބާއި ބެހޭ މައި މަރުކަޒުގެ ގޮތުގައި އަޑުގެ އިމާރަތް ބޭނުންކުރަން ފަށާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
"މާޗު މަހުގައި އެމަސައްކަތް ( މަރާމާތު ކުރުމާއި އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް) ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެމަސައްކަތް ނިމި އަޅުގަނޑުމެންގެ ހަރަކާތެެއް މި ފެށެނީ ރަޖިސްޓްރޭޝަންގެ މަސައްކަތުގެ ތެރެއިން. މެއި މަހުގެ 02 ވަނަ ދުވަހު ރަޖިސްޓްރޭޝަން މަސައްކަތް ފައްޓާނަން އަމަލީގޮތުން." ހަބީބު ވިދާޅުވިއެވެ.
މީގެ އިތުރުން ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބަށް 600 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. އެ އިންތިޚާބުގެ އެކި މަސައްކަތްތަކުގައި 5000 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަބީބު ވިދާޅުވިއެވެ.
"ސިނާއީ މަސައްކަތް ކުރާ ތަންތަނާއި ރިސޯޓްތަކުގައި 06 އޮފިޝަލުން ތިބޭނެ، ބައެއް ކުދި ކުދި ރަށްރަށުގައި އާބާދީ މަދު ތަންތާގައި 06 އެއް ނުވަތަ 07 އޮފިޝަލުން ތިބޭނެ އާންމުގޮތެއްގައި 08 އޮފިޝަލުން ތިބޭނީ،"ހަބީބު ވިދާޅުވިއެވެ.
އިންތިޚާބުތަކުގައި މައި މަރުކަޒެއްގެ ގޮތުގައި މީގެ ކުރީގައި ބޭނުންކުރަމުން އައީ ބައު ޖަމާލުއްދީން އިމާރާތް ކަން ފާހަގަކުރެވެއެވެ.
ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓް ލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކަމަށް އެކޮމިޝަނުން ބުނެއެވެެ.

ކިޔުންތެރިންގެ ހިޔާލު