މިހިނގާ 2023 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ރާއްޖެއިން "ވަން-ގަވް ޚިދުމަތްތައް" ތައާރަފް ކުރާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ކުރިޔަށްދިޔަ "ފިއުޗަރ އޮފް ވޯރކް" ފޯރަމްގައި ދެއްވި ތަގުރީރުގައެވެ. ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ކުރިޔަށްދަނީ މި ފެބްރުއަރީ މަހުގެ 13 އިން 15 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.)ގެ ދުބާއީގައެވެ.
ސަމިޓްގައި ތަގުރީރު ކުރަށްވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ އުމްރާނީގޮތުންނާއި ޓެކްނޮލޮޖީ ގޮތުންނާއި އަދި މި ނޫންވެސް އައި ބަދަލުތަކާއެކު ރާއްޖެއަކީ ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް މަސައްކަތްކުރާ ފަރާތްތަކާއި ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ޖަގަހައަކަށް ވަމުން އަންނަ ކަމަށެވެ.
ނާއިބް ރައީސް ދެއްވި މި ތަގުރީރުގައި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ރާއްޖެއިން "ވަން-ގަވް ޚިދުމަތްތައް" ތައާރަފް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު "ގަވްއެމްވީ" ޕްލެޓްފޯމަކީ، ސަރުކާރުގެ އިދާރާތަކާއި ޢާންމުންގެ މެދުގައި ޑިޖިޓަލް މުވާޞަލާތު ކުރުމުގެ މަގު ފަހިކޮށްދޭ ޕްލެޓްފޯމެއްކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް ޑިވެލޮޕްމަންޓް އެޖެންޑާގެ އަމާޒަކީ ޑިޖިޓަލް ޑިވެލޮޕްމަންޓްގެ ބިންގާއަޅައި ކުރިއެރުވުންކަމަށެވެ. އަދި މި ޕްލޭންގެ މައިގަނޑު އަސާސަކީ ޑިޖިޓަލް މުޖުތަމައެއްގެ ބިނާކުރުމުގެ މައިގަނޑު އެއް އަސާސްކަމުގައިވާ، ޑިޖިޓަލް އައިޑެންޓިޓީ ތައާރަފްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ފިއުޗަރ އޮފް ވޯރކް" އަށް މަގުފަހިވާގޮތަށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ ބައެއް މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ކުދި ފަންތިއާ އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސް.އެމް.އީ. ބޭންކް އުފެއްދުމާއި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް.) މެދުވެރިކޮށް އިތުބާރު ހިފޭ އަދި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އުފެއްދުންތެރި "ގްރީން ޓެކްނޮލޮޖީ"އަށް އިސްކަން ދޭންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ޓެކްނޮލޮޖީއާ ގާބިލުކަން އިތުރުކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުން އިތުރުކޮށް، ކާރިސާތަކުގެ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި، ނޫ އިޤްތިޞާދު ކުރިއެރުވުމާއި ބެހޭގޮތުން ވެސް ނައިބް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ނާއިބް ރައީސްގެ މި ތަގުރީރުގައި މުސްތަޤްބަލަށްޓަކައި، މިހާރު ލިބެންހުރި ފުރުޞަތުތަކާއި ވަޞީލަތްތަކުގެ ބޭނުން ހިފުމަށް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރު ކުރިޔަށްދަނީ، ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ކަންކަން ހިންގުމާއި މުއައްސަސާތައް އިޞްލާޙުކުރުމާއި، ޕަބްލިކް ސެކްޓަރ ޒަމާނީކޮށް ތަރައްޤީކުރުމަކީ ޤައުމުގެ ކުރިއެރުމާ ތަރައްޤީގެ މައިގަނޑު އަސާސްތައް ކަމުގައި ދެކިގެންކަމަށެވެ. އަދި މިކަން ހާޞިލުކުރުމަށްޓަކައި އިޖުތިމާޢީ އަދި އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ހޯދުމާއި އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމާއި ސަރަޙައްދީ ގުޅުންތައް ރަނގަޅު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންތައްތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު