އިދިކޮޅު ޕީޕިއެމަން މިހާރު ދައްކަނީ "ހަޑި" ވާހަކަ ކަމަށާއި އެޕާޓީއަށް ވެރިކަން ހޯދައިދޭން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އޭނާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ޕީޕިއެމަށް ވެރިކަން ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ގާސިމްގެ އަރިހުގައި އެކި ފަންނުގެ ބޭފުޅުންނާއި ތަޖުރިބާ ހުންނެވި ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. އޭގެ ތެރެއިން ކޮންމެ ބޭފުޅަކީ "ކެޕޭސިޓީ" ވަރަށް މަތި ބޭފުޅުން ކަމަށާއި، އެބޭފުޅުން ގެންދަން ކޮންމެ ޕާޓީއަކުން ވެސް ބޭނުންވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ. ޕީޕިއެމުން ޖުމުހޫރީ ޕާޓީއަށް ބަދަލުވި ބައެއް ބޭފުޅުންނަށް އިޝާރަތް ކުރަށްވައި ރިޔާޒު ވިދާޅުވީ އިދިކޮޅު ޕީޕިއެމުން ވެސް އެބޭފުޅުންގެ ވާހަކަ ދައްކަނީ އެބޭފުޅުންގެ އެހީތެރިކަން އަދިވެސް ބޭނުންވާތީ ކަމަށެވެ.
"އެބޭފުޅުން (ޕީޕިއެމުން ޖޭޕީއަށް ބަދަލުވި) އިންޓަގްރިޓީ އާއި ކެޕޭސިޓީއާއި ދޭތެރޭގައި ސުވާލެއް ނުއުފެދޭނެ، ދެން އަޅުގަނޑުމެންގެ އެހީތެރިކަން ޕީޕިއެމަށް ބޭނުންވާތީ އެ ވާހަކަ އެ ދައްކަނީ، މޭވާ ނާޅާ ގަހަކަށް ގަޅިއެެއް ނޫކާނެ އޭ މީހުން ބުނެއުޅޭ، އަޅުގަނޑުމެން ނޫންވެސް ބައެެއް ބޭފުޅުން ދިޔަ ނޫންތޯ؟ ކީއްވެގެންތޯ އެބޭފުޅުންގެ ވާހަކަ ނުދައްކަަނީ ބޭނުންތެރިކަން ބޮޑުވީމަ އެ ވާހަކަ އެ ދައްކަނީ،" ރިޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން ރިޔާޒު ވިދާޅުވީ ޕީޕިއެމަށް ވެރިކަން ލިބުނު ގޮތް ހަދާނަށް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން އެޕާޓީއަށް ވެރިކަން ލިބުނީ ގާސިމްގެ ބޮޑު އެހީތެރިކަމާއެކު ކަމަށް ރިޔާޒު ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޖުމުހޫރީޕާޓީއަށް ދެވަނަ ބުރަށް ނުދެވުނީ ޕީޕިއެމަށް ވުރެ 1300 އާއި 1500 އާއި ދެމެދުގެ އަދަދެއްގެ ވޯޓް މަދުވުމުން ކަމަށެވެ.
"ދެން އަޅުގަނޑުމެން ކޯލިޝަން ހެދީ ޕީޕިއެމާއި ޕީޕިއެމާއި ކޯލިޝަން ގާސިމް ނުހެދިނަމަ ވެރިކަން ލިބޭތޯ؟ އެހެންވީމަ ހަޑިވާހަކަ އެ ދައްކަވަނީ. އެ ވާހަކަ ނުދައްކަމާ ހިނގާ ތިމަންނަމެންގެ ވެރިކަމާ މި ވާހަކަ ނުދައްކަމާ ހިނގާ. ވެރިކަން ލިބުނު ގޮތް ހަދާން ނެތް ތިމަންނަމެން ވެރިކަން ކުރި ވާހަކަ މި ދައްކަނީ ލިބުނު ގޮތަކީ ކޮބާ؟" ރިޔާޒު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ ގާސިމް އިބްރާހިމް ކަންކަން ނިންމަވަނީ ބަޔަކު ޕްރެޝަރު ކޮށްގެން ނޫން ކަމަށެވެ. އަދި އެމަނިކުފާނު ކަންކަން ނިއްމަވަނީ އަމިއްލަފުޅަށް ކަމަށް ރިޔާޒު ވިދާޅުވިއެވެ.
"އެކަން ތިބޭފުޅުން ބައްލަވާ އެ މަނިކުފާނު ( ގާސިމް) އަމިއްލަ ވިޔަފާރީގައި ނިންމަވާ ނިންމެވުންތައް. ހޯއްދަވާފައިވާ ކުރިއެރުންތައް. ކާމިޔާބީތައް. ސިޔާސީ ގޮތުން ހޯއްދަވާފައި ހުރި ކާމިޔާބީތައް،" 2008، 2013 ގައި ވެސް ގާސިމްގެ އަރިހުގައި މަސައްކަތް ކުރި ރިޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު