މާލޭ މަގުމަތީ ދުއްވާ އެއްޗިއްސަށް އުނދަގޫ ވާގޮތަށް މަގުމައްޗަށް ކުނި އަޅައި، ހަޑިހުތުރު ވައްތަރު ޖައްސައި ނަށަމުންގެންދިޔަ ޔޫކުރެއިން އަންހެން މީހާއަށް ފުލުހުން ނަސޭހަތްދީފިއެވެ.
މީޑިޔާއަށް މައުލޫމާތު ދެމުން ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މާލޭ މަގުމަތީގައި މީހަކު އާންމުންނަށް އުނދަގޫވާގޮތަށް ހަޅޭއްލަވާ ކަމުގެ ޝަކުވާ އިއްޔެގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބެލިބެލުމުން އެއީ ޔޫކްރެއިން އަންހެނެއްކަން އެގިފައިވާ ކަމަށާއި، އެމީހާއަށް މިހާރު ނަސޭހަތްދީ ސްޕޮންސަރާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
"އަދި އެމައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ އިދާރާ އިން ބުނެފައިވެއެވެ.
މި އަންހެން މީހާއަށް ފުލުހުން ނަސޭހަތްދީފައިމިވަނީ އޭނާ މާލޭގެ މަގުމަތީގައި ނަށާ، ވައްތަރު ޖައްސާ ވީޑިއޯތައް ޝޯޝަލް މީޑިޔާގައި އާންމުވެ އާންމުންގެ ޝަކުވާ ވަރަށް ބޮޑުވެފައިވަނިކޮށެވެ. އެގޮތުން ލަގެޖެއްމަތީ އިށީދެގެން މަގު މެދުގައި އިނދެ ވައްތަރު ޖައްސާ ވީޑިއޯ އަކާއި ރެސްޓޯރަންޓެއް ކައިރީގައި ހުރެ ހުތުރު ވައްތަރު ޖައްސާ ނަށާ މަންޒަރު ވެސް އާންމުވެފައިވާ ވީޑިއޯ ތަކުން ފެނެެެެއެވެ. އަދި އެ ބިދޭސީމީހާ މަގު މެދުގައި ހުރެ ދުއްވާ އެއްޗެއްސަށް އުނދަގޫވާހެން ނަށާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ.
މި ވީޑިއޯތައް އާންމުކޮށް ބައެއް މީހުން ވަނީ އެ ބިދޭސީ އަންހެން މީހާ ހުރީ "ބޮއިގެން" ކަމަށާއި ހުރީ ހަމައަކު ނޫން ކަމަށް ބުނެ އެކަމުގައި ފުލުހުން ފިޔަވަޅު ނާޅާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު