ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން ސ. ހިތަދޫ، ނަންރީތިގެ، މުޙައްމަދު ޙިސާން ޢަލީ ފަހްމީއާއި ހަވާލުކޮށްފިއެވެ.
ޙިސާން ޢަލީ ފަހްމީއާއި ކޮމިއުނިކޭޝަން އޮފީސް ހިންގުން މިއަދު ހަވާލު ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޮމިއުނިކޭޝަންސްގެ މަޤާމަށް އޭނާ އައްޔަނު ކުރެއްވުމަށް ފަހުއެވެ.
ރައީސް އޮފީހުން ބުނީ، ހިސާން މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ އެ އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަޤާމުން އެބޭފުޅާ މިއަދު ވަކިކުރެއްވުމަށްފަހުގައި ކަމަށެވެ.
ޙިސާނަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖްއިން 2016 ވަނަ އަހަރު ބެޗެލަރސް އޮފް ބިޒްނަސް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް މަރކެޓިންގ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.
އެ މަޤާމު މިއަދު އޭނާއާއި ހަވާލު ކުރެއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ ހިސާންގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު