ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕް އޮތީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ނިންމެވި ގޮތަކަށް ކުރިއަށް ދިޔުމަށް ތައްޔާރަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެ ޕާޓީގެ ގައުމީ ކޮންފަރެންސާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޤާސިމް އިބްރާހީމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދު ވިދާޅުވީ، ލީޑަރޝިޕްގެ ބޭފުޅުން ނުކުމެ ތިއްބެވީ ޤާސިމް އިބްރާހީމަށް ސިޔާސީ މަސައްކަތް ކޮށްދިނުމަށް ކަމަށާއި ޤާސިމް ނިންމެވި ކޮންމެ ގޮތަކަށް ކުރިއަށްދާން ތައްޔާރަށް ތިބި ކަމަށެވެ.
އޭނާ ވިދާޅުވީ، އެ މަސައްކަތުގައި ތިބޭނެކަމާމެދު އެތެރޭން ވެސް އަދި ބޭރުން ވެސް ޝައްކުތަކެއް އުފައްދަފާނެ ކަމަށާއި ނަމަވެސް، ޤާސިމާއިއެކު ސާބިތުކަމާއެކު ތިއްބަވާނެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ރިޔާޒުގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް ވެސް ވިދާޅުވީ، ސިޔާސީ ގޮތުން ކުރިއަށް ދިޔުމުގައާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިއަށް ދިޔުމާއިމެދު ވެސް އެ ބޭފުޅުން އަމަލު ކުރާނީ ޤާސިމް އިބްރާހީމް ނިންމަވާ ގޮތަކަށް ކަމަށެވެ. އެގޮތުން، ޕީޕީއެމާއި ގުޅެން ޤާސިމް ނިންމަވައިފިނަމަ އެގޮތަކަށް އަދި އެމްޑީޕީއާއި ގުޅެން ނިންމިޔަސް އެގޮތަކަށް ކުރިއަށް ދާން ތައްޔާރަށް ތިއްބެވިކަމަށް އާރިފް ވިދާޅުވިއެވެ.
“ޕީޕީއެމްއާ ގުޅިވަޑައިގެން ކުރިއަށް ދިއުމަށް ކަމަށްވާނަމަ އެ ޕާޓީއާއެކު ވެސް ކުރިއަށް ދާނެ. އެމްޑީޕީއާއި އެކު ކުރިއަށްް ވަޑައިގަތުމަށް ނިންމަވައިފިނަމަ އެ ޕާޓީއާ އެކުވެސް ކުރިއަށް ދާނެ.” އާރިފް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިފަދައިން އެ ޕާޓީން ބުނެފައި މިވަނީ، ރިޔާސީ އިންތިހާބުގައި ޖޭޕީން ކުރިއަށްދާނެ ގޮތަކާއިމެދު ގިނަބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު