​ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިންދޭން ފަށައިފިއެވެ.

ހަމަޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކަމަށްޓަކައި ބޭނުންވާ ފައިޒާ ވެކްސިން މިހާރު ލިބިފައިވާ ކަމަށާއި އެ ވެކްސިން ބޭނުން ކުރުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވަައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން އިން ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން، މިއަދުން ފެށިގެން އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހުޅުވާލާފައިވާ ކަމަށާއި މާލޭގައި ވެކްސިން ސެންޓަރތަކުގެ އިތުރުން، އަތޮޅު ތެރޭގެ ހޮސްޕިޓަލް އަދި ހެލްތް ސެންޓަރުތަކުން ފައިޒަރ ވެކްސިން ލިބެން ހުންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އުމުރުން 12 އަހަރުން މަތީގެ ކުދިންނަށްވެސް ފައިޒަރ ވެކްސިން ލިބެން ހުންނާނެކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން ވެކްސިންގެ ޑޯޒްތައް އަދި ބޫސްޓަރ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު