ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އެއަރޕޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާއެކު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ލެޓީވިއާއަށް ނިސްބަތްވާ 49 އަހަރުގެ ފިރިހެނެކެވެ.

އޭނާ ދިރުވާލައިގެން ގެނައި މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާ ދިރުވާލައިގެން ގެނައި މަސްތުވާތަކެއްޗާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު