ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރަން ބާއްވާ ޖަލްސާގައި 10 ހާސް މީހުން ބައިވެރިވާނެކަމަށް ލަފާކުރެވޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހުކުރުދުވަހުއެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައެވެ.

މަރަދޫ ދާއިރާގެ މެމްބަރު މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ ރިޔާސީ ޓިކެޓް ރައީސް ސާލިހަށް ހަވާލުކުރުމަށް އެމްޑީޕީން ބާއްވާ ޖަލްސާ ވެގެންދާނީ އިދިކޮޅު ފަރާތްތައް ސިއްސައިގެންދާ ފަދަ ބޮޑު ޖަލްސާއަކަށްކަމަށެވެ.

ޝަރީފް ވިދާޅުވީ މި ޖަލްސާގައި 10 ވަރަކަށް ހާސް މީހުން ބައިވެރިވާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި ޕާޓީ ބައިބައިކުރަން ބަޔަކު އުޅުނަސް އެމްޑީޕީ އޮތީ ބަދަހިކޮށްކަމަށް ޝަރީފް ވިދާޅުވިއެވެ.



މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙް ވާދަ ކުރެއްވިއިރު، ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރަށްވާފައިވަނީ ރައީސް ޞާލިޙެވެ.

ނަޝީދު ބަލި ގަބޫލުކުރެއްވި ނަމަވެސް، ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެ ދުވަހަށްފަހު ނަޝީދު ގެންދަވަނީ ޕާޓީގައި ވަކި ގޮތްޕެއް ހެދުމުގެ ނަމުގައި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއިއެކު ވަކި ހަރަކާތެއް ފުޅާ ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު