ކައުންސިލްތައް ރޭންކް ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ކުރިއަށްގެންދާ ޕާފޯމަންސް އިންޑެކްސްއިން މި އަހަރު ވެސް މުޅި ރާއްޖެއިން އެއްވަނަ އއ. ބޮޑުފޮޅަދޫ ކައުންސިލުން ހޯދައިފިއެވެ.
އެލްޖީއޭއިން އިއްޔެ ވަނީ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްގެ ނަތީޖާ އިއުލާނުކޮށްފައެވެ.
ކައުންސިލް ޕާފޯމެންސް އިންޑެކްސްގެ އެވޯޑުތައް ހަތަރު ދަރަޖައަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި އިންޑެކްސްގެ ނަތީޖާއަށް ބަލައި އަތޮޅު ކައުންސިލްތަކުން އެއް ވަނަ ދެ ވަނަ ތިން ވަނައަށް އަންނަ ކައުންސިލްތަކަށް އެރުވޭ އިއްޒަތް، އިންޑެކްސްގެ ނަތީޖާއަށް ބަލައި ރަށު ކައުންސިލްތަކުން އެއް ވަނަ ދެ ވަނަ ތިން ވަނައަށް އަންނަ ކައުންސިލްތަކަށް އެރުވޭ އިއްޒަތް، ވަކިވަކި ސަބް އިންޑެކްސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށު އަދި އަތޮޅު ކައުންސިލަށް އެރުވޭ ހަނދާނީ ފިލާ އަދި ފާއިތުވެދިޔަ އަހަރުގެ އިންޑެކްސްއާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ރަށު އަދި އަތޮޅު ކައުންސިލަށް އެރުވޭ ހަނދާނީ ފިލާ ހިމެނެއެވެ.
އެގޮތުން 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްގެ އެންމެ ރަނގަޅު އަތޮޅު ކައުންސިލަކަށް ހޮވިފައިވަނީ ށ. އަތޮޅު ކައުންސިލެވެ. އެންމެ ރަނގަޅު ރަށު ކައުންސިލަކަށް ހޮވިފައިވަނީ އއ. ބޮޑުފޮޅުދޫ ކައުންސިލެވެ. އއ. ބޮޑުފޮޅަދޫއަކީ އެންމެފަހުން އާންމުކުރި 2020 ވަނަ އަހަރުގެ ރޭންކިންގައި ވެސް އެއްވަނަ ހޯދާފައިވާ ކައުންސިލެވެ.
އެވޯޑުތައް ލިބޭ ފަރާތްތައް އާންމު ކުރުމަށް އިއްޔެ ބޭއްވި ކުޑަ ބައްދަލުވުމެއްގައި އެލްޖީއޭއިން ބުނީ އެވޯޑުތައް ދިނުމަށް ބާއްވާ ޖަލްސާ ވަރަށް އަވަހަށް ބާއްވާނެ ކަމަށާއި އެކަމަށްވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.
ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތައް ރޭންކް ކުރުމަށް އެލްޖީއޭއިން 2015 ވަނަ އަހަރު ތައާރަފުކުރި މިންގަޑެކެވެ.

ކިޔުންތެރިންގެ ހިޔާލު