މިއަހަރަށް ރާއްޖެއަށް ލިބުނު ހައްޖު ކޯޓާގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ މިއަހަރު ހައްޖަށް ދިޔުމަށްޓަކައި ހައްޖު ކޯޕަރޭޝަންގައި ވަރަށް ބޮޑު ލިސްޓެެއް އެބައޮތް ކަމަށެވެ. އެގޮތުން ހައްޖަށް ދާން ފައިސާ ދެއްކުމަށްފަހު ކިޔޫގައި ގިނަ ބަޔަކު އެބަތިބި ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖެއިން މީހުން ހައްޖަށް ނުދެވި ދެ އަހަރު ފާއިތުވެގެން ގޮސްފައިވާ ކަމަށާއި، އެންމެ ފަހުން ވެސް ލިބުނީ 400 އެއްހާ ކޯޓާ ކަމަށެވެ. އަދި އިތުރު ކޯޓާ ލިބިއްޖެނަމަ ހައްޖަށް ދާން ބޭނުންވާ ލިސްޓު ވަރަށް އަވަހަށް ނިންމާލާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.
"ދައުލަތުން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރޭ މިއަހަރަށް ކަނޑައަޅާފައިވާ ކޯޓާ އިތުރުކުރެވޭތޯ، ރައީސް ވަރަށް ބޮޑަށް އެ މަސައްކަތް އެބަކުރަށްވާ އުއްމީދު ކުރަނީ އިތުރުވެގެންދާނެ ކަމަށް،" މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
ރާއްޖެއިން މިދިޔަ އަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔައެވެ. އެހުރިހާ ހައްޖުވެރިންވެސް ހައްޖަށް ދިޔައީ ސަރުކާރުގެ ހައްޖާއި އުމުރާ ކުންފުނި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

ކިޔުންތެރިންގެ ހިޔާލު