ސިޔާސީ އެކި ފަރާތްތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމުނުދަނީ މުޅި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.
ސައުދުﷲ މިއަދު ވިދާޅުވީ، ސިޔާސީ ބައެއް މީހުންނަށް ރައީސް ކަމުނުދަނީ މުޅި ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާތީ ކަމަށާއި އަދި ކުލައަކަށް ނުބަލާ އެންމެންނަށް ހަމަހަމައަށް ކަންތައް ކުރައްވާތީ ކަމަށެވެ.
އަދި މި ހިނގާ ފަސް އަހަރަކީ 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފެނުނު އެންމެ އުފާވެރި ފަސް އަހަރު ކަމަށް ވެސް ސައުދުﷲ ވަނީ ވިދާޅުވެފައެވެ.
ސައުދުﷲ މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި މަސައްކަތްތަކާއި ގުޅުވައި ބައެއް ފަރާތްތަކުން ރައީސް ޞާލިޙަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އެމްޑީޕީގައި ހިމެނޭ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ މެންބަރުންގެ ފާޑުކިޔުން އަމާޒުވާ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ހާއްސަކޮށް ހޮނިހިރު ދުވަހު ހުޅުވި ޕިކްނިކް އައިލެންޑް، ކުޑަގިރީގެ މަސައްކަތްތަކާއި ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވީނަމަވެސް، ސަރުކާރުން ބުނެފައިވަނީ މިއީ ޖަޒީރާ ތަރައްގީއަށް އެޅުނު އިތުރު ބޮޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު