އިންޑިއާ އައުޓް ކިޔާ މީހުންނަށް ކަމެއް ދަސްވާނީ ނަތީޖާ ކުރިމަތިވީމަ ކަމަށް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އިބްރާ މިހެން ވިދާޅުވީ، ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) މިމަހު 11 ގައި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުން އައިސް ވޭނަކަށް އަރުވައިގެން ގެންގޮސް ހައްޔަރުކޮށްފައި ބެހެއްޓި މައްސަލައާއި ގުޅުވައިގެނެވެ.
އިންޑިއާ އައުޓް ހަރަކާތުގައި އިސްކޮށް އުޅޭ އެކްޓިވިސްޓެއް ކަމަށްވާ ސަމަދު އިމިގްރޭޝަންގެ ބަންދުގައި 2 ދުވަހު ބެހެއްޓުމަށްފަހު މިއަދު ވަނީ ރާއްޖެ ފޮނުވާލާފައެވެ.
ސަމަދު ރާއްޖެއައިސް ބުނި ގޮތުގައި އޭނާ ހޮސްޕިޓަލްގައި ހުއްޓާ ގެންދިޔައީ ފިންގަރޕްރިންޓްގެ މައްސަލައެއްް އުޅޭކަމަށް ބުނެކަމަށެވެ. ނަމަވެސް ގެންގޮސް އޭނާއަށް ބިރު ދައްކާ ބަންދުކުރީ ކަމަށާއި އޭނާ ބެހެއްޓީ ވަރަށް ފިނި ތަނެއްގައި ކަމަށާއި ކާ އެއްޗެއްވެސް ދިނީ ވަރަށް ފަހުންކަމަށް އޭނާ ބުނެފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން އިބްރާހީމް އިސްމާއީލް މިއަދު ފޭސްބޫކްގައި ވިދާޅުވީ، ހީވާގޮތުން "އިންޑިއާ އައުޓް" ކިޔާ މީހުންނަށް ދަސްވާނީ ނަތީޖާއާ ކުރިމަތިވީމައި ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރަށްވެސް ރާއްޖެއަށް ބިދޭސީއަކު އެތެރެވިޔަ ނުދިނުމާ، ޑިޕޯޓް ކުރުމުގެ ފުރިހަމަ އިހުތިޔާރު އޮންނަގޮތަށް، އިންޑިއާގެ އިމިގްރޭޝަން ކޮންޓްރޯލަރަށްވެސް އެ އިހުތިޔާރު އޮންނާނެ ކަމަށާއި އެކަން ކުރަން ބޭނުންވެއްޖެނަމަ ސަބަބެއް ވެސް ދައްކަން ނުޖެހޭނެ ކަމަށް އިބުރާ ވިދާޅުވިއެެވެ.
“މަށާދިމާއަށް ތާއަބަދު ހެއްދެވި ނުހެއްދެވިއަށްގޮވައި، ގަޔަށް ބޮލަށް އަރަން އުޅޭމީހަކު މަގޭ ގެއަށް ވައްދަންވީ ކީއްކުރަންހެއްޔެވެ؟ އަދި މަގޭ ގެއަށް ނުވަންނާށޭ، ނޫނީ ވަދެހުރި މީހަކު ގާތު ނުކުންނާށޭ ބުނަން ދައްކަންޖެހޭނޭ ހުއްޖަތެއް ނޯންނާނެތާއެވެ.” އިބްރާ ވިދާޅުވިއެވެ.
އިބްރާގެ ތަޖުރިބާ މިކަމާ ގުޅުވާލަމުން ވިދާޅުވީ، އޭނާ ޓީޗަރ ޓްރޭނިންގ ހަދަމުން ދިޔައިރު، ކުދީން އުނގެނި، ދަސްކުރާ މައިގަނޑު 3 ގޮތެއް ކިޔަވައިދިން ކަމަށެވެ.
އެއީ، އަޑުއަހައިގެން، ލޮލަށް ފެނިގެން އަދި އަމަލީގޮތުން ކޮށްގެން ކަމެއް ދަސްކުރުން ކަމަށް އިބްރާ ވިދާޅުވިއެވެ. އޭގެ އިތުރުން، ކަމެއް ކުރީމާ ނުކުންނަ ނަތީޖާއަކުންވެސް ދެނެގަނެވޭނެކަމަށް އުސްތާޒުން ބުނެދިން ކަމަށް ވިދާޅުވިއެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުމަކަށް އައީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްކަމަށް ރައީސްގެ ގަރާރަކުން ކަނޑައެޅުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު