ރ. ފުއްގިރި މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޔާމީނާއި ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
މި އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުގެ ވަގުތެއްގައެެވެ. ރައީސް ޔާމީންގެ އިތުރުން އެމައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ފުއްގިރި މައްސަލާގައި ދައުލަތުން ޔާމިންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ ފުއްގިރި ކުއްޔަށް ދޫކުރުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
މި މައްސަލަ މީގެކުރިން ބައްލަވަމުން ގެންދެވި އިސް ގާޒީ އަހުމަދު ޝަކީލް މައްސަލައިން ތަނާޒުލް ވެވަޑައިގެންނެވުމުން، ކްރިމިނަލް ކޯޓުގައި މިހާރު އެޝަރީއަތް ގެންދަވަނީ ގާޒީ އަލީ ނަދީމެވެ.
ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ކޯޓުގައި ތާވަލުކުރިއިރު އެމަނިކުފާނު މިވަގުތުވެސް ގެންދަވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު