މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މީހަކު އައްޔަން ކުރުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންތަކާމެދު އާންމު ރައްޔިތުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.
މަޖިލީހުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރައީސް ފޮނުއްވި އެ ނަންތައް ދިރާސާކޮށް، ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރުވަނީ ފޮނުވާފައި ކަމަށެވެ. އެހެންކަމުން، ރައީސް ހުށަހަޅުއްވާފައިވާ ނަންތަކުގެ ތެރެއިން އެއްވެސް ފަރާތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއްވާނަމަ އެކަން 19 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް އިއުލާނުގައި ވަނީ އެދިފައެވެ.
ބްރޯޑްކޮމްއަށް މެމްބަރުން އައްޔަންކުރުމަށް ރައީސް އިސްކަން ދެއްވާ ތަރުތީބަކީ:
1. އާމިނަތު ނުޒުހާ، ރިވޯޑް / ހއ. ހޯރަފުށި
2. ހުސެއިން އަމްރު، ވ. ރޯޝަން
3. ޝާން ސާލިހު މުހައްމަދު، ފިނިވަދީ / ދ. ކުޑަހުވަދޫ
4. މަރްޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ / ގދ. ތިނަދޫ
5. މަރްޔަމް މުނާ، ބޯގަންވިލާ / ސ. ފޭދޫ
ބްރޯޑްކޮމްގެ މެންބަރެއްގެ މަޤާމް ހުސްވީ އެކޮމިޝަންގެ ނާއިބުރައީސް އަހުމަދު ގައިސް އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިދިޔަ ޖެނުއަރީ މަހު ގައިސް އިސްތިއުފާ ދެއްވުމާއި ގުޅިގެން މިހާރު ތިއްބަވަނީ 6 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު