އިބްރާހިމް ފަހީމް   13 ފެބްރުއަރީ 2023 - 16:22
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރަށްވައި މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ގޮތުގައި ހޮވިވަޑައިގެންފައިވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރަސްމީކޮށް ރިޔާސީ ޓިކެޓް އެރުވުން އަންނަ ހުކުރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އެމްޑީޕީން ބުނީ، މި ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަމަށާއި އެރޭގެ ޖަލްސާއަށް ކާނިވާ ހޯދަން ސިޓީ ކައުންސިލްގައި އެދިފައިވާކަމަށެވެ.

މި ޖަލްސާގައި ރައީސް ޞާލިޙާއި ޓިކެޓް ހަވާލު ކުރަން ހަމަޖެހިފައިވާއިރު އެރޭ ވެގެންދާނީ މިހާތަނަށް ބޭއްވި އެމްޑީޕީގެ އެންމެ ވާދަވެރި ޕްރައިމަރީއަށްފަހު ރަސްމީކޮށް ރިޔާސީ އިންތިހާބުގެ ކެމްޕޭން އެ ޕާޓީން ފަށާ ރެއަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙް ވާދަ ކުރެއްވިއިރު، ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރަށްވާފައިވަނީ ރައީސް ޞާލިޙެވެ. ނަޝީދު ބަލި ގަބޫލުކުރެއްވި ނަމަވެސް، ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެ ދުވަހަށްފަހު ނަޝީދު ގެންދަވަނީ ޕާޓީގައި ވަކި ގޮތްޕެއް ހެދުމުގެ ނަމުގައި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއިއެކު ވަކި ހަރަކާތެއް ފުޅާ ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު